ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަންހެނުންގެ ދައުރު ފުޅާކުރުމުގެ ހެޔޮ ނަތީޖާ ފެނޭ: މެޑަމްސާޖިދާ
އައިމިނަތު ޝިޔާޒާ
29 އޭޕްރީލް 2024 - 15:00
0
comments
Tweet
Telegram
ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުމާއި އިސްކަން ވަރަށް މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެ ވަނަ ދައުރު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދިވެހި ފުލުހުންގެ މުހިންމު ދައުރުގެ ތެރެއިން އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގެއް ހޯދުން މުހިންމު ކަމަށާއި އަންހެނުންގެ ގާބިލްކަން އިތުރުވަމުންދާ ވަރަކަށް މުޖުތަމައުގައި ހުރި އަންހެނުންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
އެގޮތުން އެކަމަނާ ވިދާޅުވީ ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިއްމު ދައުރަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންނެވި އެވެ. ހަމަ އެއާއެކު ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިއްމު ކަމަށާއި، ކަނބަލުންގެ ގާބިލްކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި ހަފުލާގައި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ވަނީ ގެނެސްފައިވެއެވެ. އަލްމަރުޙޫމް މުޙައްމަދު ޒިޔާދު ކުއްލިގޮތަކަށް އަވަހާރަވީ އާދީއްތަ ދުވަހުއެވެ. އޭނާއަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
މާލެ އިން ފިރިހެނަކު ގެއްލިގެން ހޯދަނީ
13 ދުވަސް ކުރިން
0
އިހަވަންދޫ ފުއްޓަރު އުފާ މައިޒާނުގެ ބިންގާ އަޅައިފި
13 ދުވަސް ކުރިން
0
މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
1 މަސް ކުރިން
0
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ނާޒިމްގެ ވިދާޅުވުމެއް ؛ މި ސަރުކާރުން ފައިސާ ޗާޕް ކުރާނީ ޒިންމާދާރުކޮށް
30 މިނެޓް ކުރިން
0
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި
47 މިނެޓް ކުރިން
0
އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ
55 މިނެޓް ކުރިން
0
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި
1 ގަޑިއިރު ކުރިން
0