ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
އަލީ ރާޒީ
07 ފެބުރުއަރީ 2025 - 14:30
0
comments
Tweet
Telegram
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން
ފަސްޓްލޭޑީ ސާޖިދާ
ވިދާޅުވީ އޯޓިޒަމް ކުދިންނަށް "ޚާއްސަ ފަރުވާއެއް ދީގެން ރަނގަޅުކުރުމަށް" ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭކަމަށް، އާންމު މުޖުތަމަޢު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެހެންކަމުން މިފަދަ ކުށް ހީތައް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން
ފަސްޓްލޭޑީ ސާޖިދާ
ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭކަމަށެވެ. އަދި މިކަމުގައި މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު، އެކުދިންނަށް ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުކޮށްދީ، ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖްތަމަޢު ބަދަލުކުރުމަށްޓަކައި އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވި އެވެ.
ފަސްޓްލޭޑީ ސާޖިދާ
ގެ ވާހަކަފުޅުގައި މި ދާއިރާގެ ބޭރު ދުނިޔޭގެ ހާލަތަށް އަލިއަޅުވާލައްވައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް މަގުފަހިކޮށްދެއްވުމަށް އެކަމަނާ ބާރުއެޅުއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސަރުކާރުގެ އިޖުތިމާއީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ވަރަށް އިސްކަންދެއްވާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ މާހައުލުން ވެސް މި ފަދަ ޙާލަތްތަކުގެ ކުދީންނަށް ޖާގަ ފަހިކޮށްދޭން ޖެހޭނެކަމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން އެކަމަނާ ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ދުވަސް ކުރިން
0
ބްރޯޑްކާސްޓިންއަކީ އަމާނާތެއް: މެޑަމް ސާޖިދާ
2 މަސް ކުރިން
0
ބޭނުންކުރަން ނުޖެހޭ ބޭސްތައް ބޭނުންކުރުމަކީ ނުރައްކަލެއް: ސާޖިދާ
3 މަސް ކުރިން
0
ވޭޕުން ލިބޭ ގެއްލުންތައް ކިޔައިދޭން އެދިވަޑައިގެންފި
3 މަސް ކުރިން
0
ގައުމިއްޔަތަށް ހޭލުންތެރި އާ ޒަމާނެއް ލިބޭނެ: ސާޖިދާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
3 ގަޑިއިރު ކުރިން
0
ގާޒާއިން ރައްޔިތުން ބޭލުމުގެ ވިސްނުން ރާއްޖޭން ކުށްވެރިކޮށްފި
3 ގަޑިއިރު ކުރިން
0
މީކާއިލާ ގުޅޭ ޕޯސްޓެއް އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކުރި މައްސަލައެއް ފެންމަތިވެއްޖެ
19 ގަޑިއިރު ކުރިން
0
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
19 ގަޑިއިރު ކުރިން
0