ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގާޒާއިން ރައްޔިތުން ބޭލުމުގެ ވިސްނުން ރާއްޖޭން ކުށްވެރިކޮށްފި
މަރިޔަމް އަނާ
07 ފެބުރުއަރީ 2025 - 14:15
0
comments
އިޒްރޭލްގެ ހަމަލާގައި ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި ފަލަސްތީނުގެ މީހަކު ހިތާމަ ފާޅުކުރަނީ.
Tweet
Telegram
ފަލަސްތީނުގެ ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ގާޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.
އޭގެފަހުން، ޣައްޒާއިން "އަމިއްލަ އިހުތިޔާރުގައި" ދާން ބޭނުންވާ ފަލަސްތީނުގެ ރައްޔިތުންނަށް އެކަން މަގުފަހިކޮށްދިނުމުގެ ތައްޔާރީތައްވުމަށް، އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އަންގައިފަ އެވެ.
ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށް ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ވެސް ބަޔާނުގައި ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.
ރާއްޖޭން މި ބަޔާން ނެރުނުއިރު، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެމެރިކާ އިން ގާޒާގެ "މިލްކުވެރިކަން" ހޯދައި އެ ތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް "ދާއިމީ ގޮތެއްގައި" ބަދަލުކޮށް، އެ ތަން އަލުން ބިނާކޮށް، އެއީ ދުނިޔެއަށް ހުޅުވާލެވިފައިވާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.
އަރަބި ގައުމުތަކާއި ޔޫރަޕްގެ ބައެއް ބޮޑެތި ގައުމުތަކުން ވެސް ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
59 މިނެޓް ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
11 ދުވަސް ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
14 ދުވަސް ކުރިން
0
އިސްރާޢީލުގެ ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ: ސަރުކާރު
23 ދުވަސް ކުރިން
0
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
59 މިނެޓް ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
1 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
1 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
1 ގަޑިއިރު ކުރިން
0