ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
އަލީ ރާޒީ
09 މެއި 2025 - 10:50
0 comments
ރައީސް މުއިއްޒު ފުލުހުންގެ އިސްވެރިންނާ އެކު ގުރޫޕު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
މިދިޔަ މަހުގެ 26 އިން ފެށިގެން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންގެ ލީޑަޝިޕްގެ ދަށުން ފުރަތަމަ ފަހަރަށް ފުލުހުންގެ ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިން މިއަދު ބަދަލުކޮށްފި އެވެ.
މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ޑިޕާޓްމަންޓްތަކާއި ވެރިންގެ ގޮތުގައި ކަނޑައެޅި އޮފިސަރުންނަކީ:- އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު
- ޑްރަގް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް
- ގޭންގް ކްރައިމް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހު
- ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު
- ތިލަމާލެ ޕޮލިސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު
- ޓްރެފިކް ޕޮލިސް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އިމްރާން
- ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު
- ކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވެލޮޕްމަންޓް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް
- ޕްރޮޓެކްޓިވް ސެކިއުރިޓީ - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން
ފުލުހުން ބުނި ގޮތުގައި އެ ބަދަލުތައް ގެނައީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުންނެވެ.މިފަހުން މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާ މައްސަލަ ހޫނުވެ ފުލުސް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ އިސްތިއުފާ ދެއްވުމާ ވިދިގެން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އިސްމާއިލް ނަވީން ވަނީ ހަމަޖައްސައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު