ޚަބަރު
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި
މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލަރު ކަމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފި އެވެ.

ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ.

އެއީ ކޮން ކަމެއްކަން ބަޔާން ކުރެއްވުމެއް ނެތި ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ނަރީޝް ވިދާޅުވެފައިވަނީ، ކައުންސިލުގައި ހޭދަކުރެއްވި މުއްދަތުގައި ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައެއް ކަމަށެވެ.

ނަރީޝްގެ އިސްތިއުފާ ސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ތައުރީފުކުރައްވައިފައެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް ސިފަވަނީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކު ވެސް ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުރި ބޭފުޅެއްގެ ގޮތުގައެވެ.

ނަރީޝް ވަނީ މިހާރުގެ މޭޔަރު އާޒިމްގެ އަރިހުން އޭނާއަށް ދަސްވި ފިލާވަޅުތަކަށްޓަކައި ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު