މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަން ފަށައިފި
މަރިޔަމް އަނާ
08 މާޗް 2025 - 13:05
0 comments
ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްލަވާލައްވަނީ -
މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ. ގިނަ މަގުތަކުގެ ކާނުތައް ކުނިބުނިން ފުރިބާރުވެ ފެން ނުހިނދެ އެވެ.
ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މައްސަލަ ހައްލުކުރަނީ ސިފައިންނާއި ފުލުހުންނާއި ސިޓީތަކާ ބެހޭ ވުޒާރާގެ އާންމު މަސައްކަތްތަކާބެހޭ ޔުނިޓުގެ މުވައްޒަފުން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކޮށްގެންނެވެ.ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން މިއަދު ހެނދުނު ފެށީ މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.ކާނު ސާފު ކުރުމުގެ މަސައްކަތްތައް މިއަދު އެކި ހިސާބުތަކުގައި ފަށާފައިވާއިރު، މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މީގެ ކުރިން ކޮންމެ ދުވަހަކު ވެސް ކުރަމުން ގެންދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމާ މިނިސްޓްރީން ހަވާލުވުމުން މާލޭގޭ މޭޔަރު އާދަމް އާޒިމް ވަނީ މިނިސްޓްރީއަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު