ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދިރާގު ގޭމާސް ގިލްޑްގެ މުބާރާތެއް އައްޑޫ ސިޓީގައި ބާއްވަނީ
މަރިޔަމް އަނާ
11 މާޗް 2025 - 21:19
0
comments
Tweet
Telegram
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން 'ގޭމްކުއެސްޓް-އައްޑޫ އެޑިޝަން'ގެ ނަމުގައި ގޭމިން މުބާރާތެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން"ގެ ނަމުގައި ބާއްވާ މި މުބާރާތަކީ މާލެއިން ބޭރުގައި ޑީޖީޖީއިން ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު އެވެ. މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، ޑީޖީޖީ
ވެބްސައިޓް
މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހެވެ.
އައްޑޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ
"ގޭމްކުއެސްޓު އައްޑޫ އެޑިޝަން"ގައި އީއޭއެފްސީ 25 އަދި ވީއާރު ސިމިއުލޭޝަން ގޭމްތައް ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ގޭމްކުއެސްޓުގައި އީއޭއެފްސީ 25 މުބާރާތުގެ ވަނަތަކަށް ޖުމްލަ 10،000ރ. ގެ ޕްރައިޒްޕޫލެއް ވަނީ ހުށަހަޅާފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑީޖީޖީގެ ވެބްސައިޓުގައި މިހާރު ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ. މި މުބާރާތް ދިރާގުން ބާއްވަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، މި އަހަރު ޑީޖީޖީގެ ސީސަން 1 އިފްތިތާހުކޮށް، 'ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025' އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އާ މުބާރާތްތަކެއް ތައާރަފްކޮށްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
ރާއްޖޭގެ އެންމެ ވަރުގަދަ 5ޖީ ނެޓްވޯކުގެ އެވޯޑް ދިރާގަށް
9 ދުވަސް ކުރިން
0
ދިރާގު އެޕުން ކަރާ ފަޅައިގެން ސްވިޒަލެންޑު ދަތުރެއް
12 ދުވަސް ކުރިން
0
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ މަހަށް ހާއްސަ ގިނަ އޮފާތަކެއް
13 ދުވަސް ކުރިން
0
އާ ފީޗާތަކަކާއެކު ދިރާގުޕޭގެ އައު ފްލެޓްފޯމެއް ލޯންޗުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި
7 މިނެޓް ކުރިން
0
އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ
16 މިނެޓް ކުރިން
0
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި
22 މިނެޓް ކުރިން
0
މި ރޯދަ މަހު ވެސް ފަހު 10 ގައި ސަރުކާރު ބަންދު
17 ގަޑިއިރު ކުރިން
0