ވިޔަފާރި
ދިރާގު އެޕުން ކަރާ ފަޅައިގެން ސްވިޒަލެންޑު ދަތުރެއް
ކަރާ ފަޅައިގެން ސުވިޒަލޭންޑަށް ދިއުމުގެ ފުރުސަތު --- ފޮޓޯ/ ދިރާގު
ދިރާގު އެޕުން ކަރާ ފަޅައިގެން ސްވިޒަލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގު އެޕްގެ ރޯދަ އޮފާ ބެނާ ހިޔާރު ކުރުމުން، ފެންނަން ހުންނަ ކަރައަށް ޓެޕްކޮށް، އެ ކަރާ ފަޅާލައިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. "ކަރާ ފަޅާ" ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް ދޭ ސްވިޓްޒަލެންޑް ދަތުރުގައި ދެ މީހެއްގެ ދެކޮޅު ޓިކެޓާއި 5 ރޭ ވަންދެން އެ ގައުމުގައި ހުރުން ލިބޭނެ އެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ދިރާގު އެޕުން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ.

މި އިނާމުތަކުގެ ތެރޭގައ،ި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން އަދި އެއް ޓީބީ ހިލޭ ޑޭޓާ ހިމެނޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުން ކޮންމެ ރޯދައަކަށް ވެސް މިފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު