
ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުނި އުވާލައި އެ ކުންފުނީގެ ދަށުން ކުރާ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް) ގެ ދަށަށް ގެންދަން ނިންމީ، މިދިޔަ ސެޕްޓެމްބަރު މަހު އެވެ.އެ ނިންމުމާއެކު، ކުންފުނިން ދަނޑުވެރިންނާ އެކު ހިންގަމުން ދިޔަ މުއާމަލާތްތައް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެވެ.ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ބުނީ އެގްރޯނެޓް އުވާލަން ނިންމާފައި އޮތް މައްސަލަ ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވައި، ކުރީގެ އެ ނިންމުމަށް ބަދަލު ގެންނަވައި، އެގްރޯނެޓަކީ އެމްއައިޑީއެފްސީޒެޑްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.