ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
ހަސަން ހަލީމް
11 މާޗް 2025 - 21:47
0
comments
Tweet
Telegram
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނިގޮތުގައި އެ ބިލު، "އަލުން ވިސްނެވުމަށް އެދިވަޑައިގެން" އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ވަނީ މިއަދު ފޮނުއްވައިފަ އެވެ.
ބިލް ތަސްދީގު ކުރައްވަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސަށް ލިބިވަޑައިގަންނަވަނީ ޖުމުލަ 15 ދުވަހެވެ. މި ބިލު އަނބުރާ ފޮނުވާލަން ރައީސް ނިންމެވީ 13 ދުވަސް ފަހުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ޖަތަކު ފަހަކަށް ތިރިކުރުމަށް އަވަސް އަރުވާލައިގެން ރައްޔިތުން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26 ވަނަދުވަހު އެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު މި ބިލް މަޖިލިހަށް ހުށައެޅީ ފެބްރުއަރޫ މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ބިލު މަޖިލީހުން ފާސްކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށް، އެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ.
ޖޭއެސްސީން އެގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ގަޑިއިރު ކުރިން
0
ތުހުމަތުތަކަށް ފަނޑިޔާރު އަޒްމިރަލްދާ އިންކާރު ކުރައްވައިފި
22 ގަޑިއިރު ކުރިން
0
ކައުންސިލްތަކުގެ އިހުތިޞާސްގައި ހުންނަ ފަޅާއި ރަށްތައް ދޫކުރުމުގެ ބާރު ރައީސަށް ލިބޭ ބިލެއް
2 ދުވަސް ކުރިން
0
މާދަމާ ހެނދުނު 10:00 އަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު އަޒްމިރާލްދާއަށް އަންގައިފި
2 ދުވަސް ކުރިން
0
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މި ރޯދަ މަހު ވެސް ފަހު 10 ގައި ސަރުކާރު ބަންދު
13 ގަޑިއިރު ކުރިން
0
އުރީދޫ 5ޖީ ހިދުމަތް މިހާރު ރާއްޖޭގެ 80 ޕަސެންޓަށް ލިބޭނެ..!
13 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
13 ގަޑިއިރު ކުރިން
0
ދިރާގު ގޭމާސް ގިލްޑްގެ މުބާރާތެއް އައްޑޫ ސިޓީގައި ބާއްވަނީ
14 ގަޑިއިރު ކުރިން
0