ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރޭޓިން ދަށްކުރުމުން ރައްޔިތުން އެކަމުގެ ތަކުލީފު އުފުލަންޖެހޭނެ: ޑރ. ޖަމީލް
މަރިޔަމް އަނާ
08 ނޮވެމްބަރ 2020 - 10:44
0
comments
ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު
Tweet
Telegram
ފިޗް ރޭޓިންސްއިން ދިވެހިރާއްޖޭގެ ރޭޓިން ދަށްކުރުމުން ދިވެހި ރައްޔިތުން އެކަމުގެ ތަކުލީފު އުފުލަންޖެހޭނެ ކަމުގައި ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އެކަމަކު އެ ރޭޓިން ގަބޫލު ނުކުރާކަމަށް، ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސިން ދެކޭ ގޮތުގައި ފަހުގެ ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަންނަނީ ބާރުމިނުގައި ކުރިއަރަމުންނެވެ.
ފިޗް ރޭޓިންސް ދަށްކުރުމާ ގުޅިގެން ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ބޮލުގައި އިތުރަށް ދަރަނި ނާޅުވާނެ ކަމުގައި ބުނި އެމްޑީޕީން، ވެރިކަން ލިބުމުން ރިޒާވު ހުސްކޮށްލައި ބޭރު ފަރާތްތަކުގެ ކިބައިން ސަލާންޖެހުމަކީ ނިޒާމެއް ކަމުގައި ހަދާފައި ކަމަށެވެ.
އަދި ފިޗުން ރާއްޖޭގެ ކުރެޑިޓު ރޭޓިން ދަށްކުރުމުގެ ސަބަބުން އެކަމުގެ ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަންޖެހޭނެ ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދު އެތައް ޖީލަކަށް ފުނޑިގެން ދިޔައީ ކަމަށްވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސިޔާސީ އެޑްވައިޒަރު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރު ވެސް ރޭޓިން މަތިވެފައިވަނިކޮށް، ފިޗުން އެންމެ ފަހުން ބުނެފައިވަނީ ކުރިން ފިޗުން އަންދާޒާކުރި މިންވަރަށްވުރެ ރާއްޖެއަށް ބޭރުގެ ދަރަނި އަދާކުރުމަށް އޮތް އިލްތިޒާމުތަކުގެ ފިއްތުން ބޮޑުވެފައިވާތީ ކަމުގައެވެ. އަދި ރާއްޖެއަށް ބޮޑު ގެއްލުމެއް ނުލިބި ބޭރުގެ ދަރަނި އަދާކުރުމަށް އޮތް ފިއްތުން ނުވަތަ ދަތިކަން ދިގުލައިދިއުން ކަމުގައިވެސް ފިޗުން ބުންޏެވެެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުން އިޤުތިޞާދަށް ކުރިމަތިވި ޝޮކުގެ ސަބަބުންނާއި، އުމްރާނީ މަސައްކަތްތައް ކުރުމަށް ނަގާ ދަރަނީގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ބުރަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައިވެސް ފިޗުން ފާހަގަކުރިއެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކޮށް،
ނެރުނު ބަޔާނާ ދެކޮޅަށް ފިނޭންސް އިން
ބަޔާނެއް ނެރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދު ވަނީ ފިޗުން ބުނާ ވާހަކަވެސް އަޑުއަހަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު
ވިދާޅުވީ ދަރަނި މެނޭޖު ކުރެވޭނެ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރެވިއްޖެ ނަމަ ދަރަނި އަދާ ނުކުރެވޭ ހާލަތަށް ރާއްޖެ ނުދާނެ ކަމަށެވެ.
ފިޗް ރޭޓިންގްސް އިން އެންމެ ފުރަތަމަ ރާއްޖެ އަށް ކްރެޑިޓް ރޭންކިން އެއް ދިނީ 2016 ވަނަ އަހަރު އެވެ. ފިޗަކީ ދުނިޔޭގެ އެންމެ ޓްރާންސްޕޭރެންޓް ރޭޓިން އެޖެންސީ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
ސަރުކާރަށް ބާރެއް ލިބިއްޖެނަމަ މުޅި ގާނޫނީ ނިޒާމު ފޫއަޅުވާލާނެ: ޑރ. ޖަމީލު
24 ދުވަސް ކުރިން
0
ޕީއެންއެފަކީ ކަފުންކުރި ޕީޕީއެމް މެމްބަރުންގެ އާ ޕްލެޓްފޯމް: ޑރ. ޖަމީލް
5 މަސް ކުރިން
0
ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންފި
5 މަސް ކުރިން
0
ޔާމީން މިނިވަން ކޮށްދޭނެ ކަމުގެ އުންމީދެއް ނެތް: ޑރ. ޖަމީލު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
6 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފި
7 ގަޑިއިރު ކުރިން
0
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
8 ގަޑިއިރު ކުރިން
0
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގައި
8 ގަޑިއިރު ކުރިން
0