ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފަނޑިޔާރު ބާރީ އާއި ދ. ޖުޑިޝަލް ދާއިރާގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ފާސްކޮށްފި
އަލީ ރާޒީ
30 ނޮވެމްބަރ 2020 - 14:16
0
comments
Tweet
Telegram
ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދުގެ ފާސްކޮށްފި އެވެ.
ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.
ގާޒީ ބާރީ މިހާރުވެސް ހުންނެވީ ޖޭއެސްސީން ބެލި މި މައްސަލަތަކާއި ގުޅިގެން ސަސްޕެންޝަންގަ އެވެ.
ގާޒީ ބާރީގެ ވަކިކުރުމުގެ މައްސަލައިގެ އިތުރުން ދ. އަތޮޅު ޖޫޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަވެސް ޖޭއެސްސީން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ޖުޑީޝަރީ ކޮމިޓީގައި ދިރާސާކޮށް ނިންމީ، ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެން ކަމުން އޭނާވެސް މަގާމުން ވަކުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ދެބޭފުޅުން ވެސް ވަކިކުރީ މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބާރީ މަގާމުން ވަކި ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މަޖިލީހުން ބާރީ އަދި
އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު
ވަކިކުރަން ފާސްކުރުމާއެކު އެދެބޭފުޅުން މަގާމުން ވަކިވީ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
6 ދުވަސް ކުރިން
0
އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި
6 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
18 ދުވަސް ކުރިން
0
ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ކަންބޮޑުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
6 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
7 ގަޑިއިރު ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
7 ގަޑިއިރު ކުރިން
0
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
16 ގަޑިއިރު ކުރިން
0