ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންތިޚާބާ ގުޅޭ އިސްލާހުގެ އިބްތިދާއީ ބަހުސް އާދިއްތަ ދުވަހު
އިސްމާއިލް ރިޒާ
14 ޖެނުއަރީ 2021 - 01:59
0
comments
Tweet
Telegram
"ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020" އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިމަހުގެ 17ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މަޖިލީހުގެ ދައުރުން ބޭއްވި މިރޭގެ ޖަލްސާގައި އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، މިރޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއެކު އެ ބިލުގެ އިބްތިދާއީ ބަހުސް ބޭއްވުމަށް އޮންނާނީ މިމަހު 17 ވަނަ ދުވަހު ކަމަށެވެ.
"އަޅުގަނޑު ގަސްތު ކުރަނީ 17 ޖެނުއަރީގައި ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވާހަކަ ދައްކަވަންދެން ޖަލްސާ ކުރިއަށް ގެންދަވަން،" އީވާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގެ ފެށުމާއެކު ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވަނީ ކޮޅަށް ތެދުވެވަޑައިގެން، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ.
އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށްވެސް ޝިޔާމް ވަނީ އަޑުހަރުކޮށް ތަޅުމުގައި ތުހުމަތު ކުރައްވައިފަ އެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދަށް އިހުތިރާމް ކުރުމަށް ރިޔާސަތުން އެންގުމުން، ޝިޔާމް ފަހުން ވަނީ އިށީނދެވަޑައިގެންފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިނަމަވެސް، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފެބްރުވަރީމަހުގެ ކުރިން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިޞްލާޙު ގެނެވިއްޖެނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެކަމަށެވެ. އަދި އެދުވަހަށް އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ތާވަލުވެސްކޮށްފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސް ކުރަން މަޖިލީހުން ގޮވާލައިފި
19 ގަޑިއިރު ކުރިން
0
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
2 ދުވަސް ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
4 ދުވަސް ކުރިން
0
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި އަހަރުތަކެއް ވުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް
1 ގަޑިއިރު ކުރިން
0
ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ގޮވާލައްވައިފި
2 ގަޑިއިރު ކުރިން
0
ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސް ކުރަން މަޖިލީހުން ގޮވާލައިފި
2 ގަޑިއިރު ކުރިން
0
މާދެލި މަސް ފެކްޓަރީ ނިލަންދޫއަށް ބަދަލުކޮށްފި
3 ގަޑިއިރު ކުރިން
0