ޚަބަރު
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
ރިޓަޔާ ކުރާ އިލެކްޝަންސް ކޮމިޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންނަށް އިނާޔަތްދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދަށް ގެނައި އިސްލާހު މިއަދު އުވާލައިފި އެވެ.

މިިދިޔަ ފެބްރުއަރީ 28، ގައި އީސީން ނެރެ، އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލާ އެކު ރިޓަޔާމަންޓް ފައިސާ ލިބޭނެ ގޮތްތަކެއް ހިމަނާފަ އެވެ.

އީސީން ބުނީ އިސްލާހު އުވާލީ ފިނޭންސް މިނިސްޓްރީން އެންގުމުން ކަމަށެވެ. އެ މިނިސްޓްރީން އެންގި އެންގުމުގައި ބުނެފައިވަނީ މުވައްޒަފެއްގެ މަގާމުގައި ހުރެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނުވުމުން ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށެވެ. 

އިީސީ އިން ތައާރަފްކުރި އުސޫލުގައި ބުނާ ގޮތުން މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާކޮށް، އިނާޔަތް ހޯދުމަށް އެދިއްޖެނަމަ އެ މުވައްޒަފަކު ވަޒީފާ އިން ރިޓަޔާކޮށް އިނާޔަތް ދޭންޖެހެ އެވެ. އަދި އުމުރުން 55 އަހަރު ވުމުން މުވައްޒަފަކު ރިޓަޔާވުމަށް އެންގުމުގެ ބާރުވެސް ގަވައިދުގައި ކޮމިޝަނަށް ދީފައިވެ އެވެ.

ރިޓަޔާ ކުރުމުގައި ދަރަޖަ ދެވޭނީ ވަޒީފާއިން ވަކިކުރެވޭއިރު މަދުވެގެން 15 އަހަރު ދުވަހު މުވައްޒަފެއްގެ ގޮތުގައި ކޮމިޝަނަށް ހިދުމަތް ކޮށްފައިވާ މީހުންނަށް ކަމަށްވެސް ގަވައިދުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު