ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެސްޓީއޯއިން އެޅި ހޮޓާ ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަނީ
އިސްމާއިލް ރިޒާ
27 ޖެނުއަރީ 2021 - 16:43
0
comments
ފޮޓޯ: މިހާރު
Tweet
Telegram
ކުރިން ވިއްކާލަން ނިންމި "އެސްޓީއޯ ހޮޓާ" ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައި ހުރި ހޮޓެލް ހިންގުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހަޅާފައިވާ ކަމަށެވެ. އެތަން ހިންގުމަށް އިތުރު ބަޔަކު ޝައުގުވެރިވޭތޯ ބަލަނީ، ހަމަހަމަ ފުރުސަތުތައް ދިނުމަށް ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އެ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށް ހޮޓާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެށޭ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެސްޓީއޯ ހޮޓާ ހުޅުވަން އެ ކުންފުނިން ގިނަ ހަރަދުތަކެއް ވެސް ކޮށްފައިވެ އެވެ.
"ރެޑިސަން ބުލޫ" ގެ ނަމުގައި މިފަދަ ވިޔަފާރިތައް ކުރާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު ހޮޓާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި ހޮޓަލަކީ 250 ކޮޓަރި ހިމެނޭ ތަނެކެވެ. އެ ހޮޓެލް އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މި މަހުގެ 17 ވަނަ ދުވަހު ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެސްޓީއޯއާއެކު އެއްބަސްވުމެއް އޮތީ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީ އަށް ވެސް ލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށެވެ. ސުހައިލް ވިދާޅުވީ އެޗްޑީސީން ބަލަނީ ވީހާވެސް ކައިރި މުސްތަގުބަލެއްގައި އެސްޓީއޯ ހޮޓާ، ރަނގަޅު ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން ކަމަށެވެ.
ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި ހުރި މި ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ ހޮޓާ ބިނާކުރުމަށް ތައިލެންޑުގެ އެގްޒިމް ބޭންކުން 10 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. އެ ހޮޓަލުގެ މަސައްކަތް ރައީސް އޮފީހުން އަންގަވައިގެން 2014 ވަނަ ހުއްޓައިލުމަށްފަހު އެ ހޮޓާ ވިއްކާލުމުގެ މަސައްކަތް ކުރިއެވެ.
ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ 2016 ވަނަ އަހަރު ވަނީ ސިޓީ ހޮޓާ ވިއްކާލަން ނިންމައިފަ އެވެ. ނަމަވެސް އެތަން ގަންނާނެ ބަޔަކު ވެސް ނުވި އެވެ. މި ސަރުކާރުން ވެސް މި ހޮޓާ ވިއްކާލަން މަސައްކަތް ފެށި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
5 ދުވަސް ކުރިން
0
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
13 ދުވަސް ކުރިން
0
އެޗުޑީސީއިން އައިއޭސީގެ ގާޒާ ފަންޑަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި
14 ދުވަސް ކުރިން
0
ހުޅުމާލޭގައި ދެ މިސްކިތެއް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީއާ ބިން ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
8 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
9 ގަޑިއިރު ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
9 ގަޑިއިރު ކުރިން
0
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
17 ގަޑިއިރު ކުރިން
0