ޚަބަރު
މިނިސްޓަރ ޒަހާ މަގާމުން ވަކިކޮށްފި
ޒަހާ
ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރައްވައިފި އެވެ.

މިނިސްޓަރ ޒަހާ މަގާމުން ވަކިކޮށްފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އޭނާއަަށް ފޯނުން ގުޅުއްވުމަށްފަހު އެވެ.

މިނިސްޓަރ ޒަހާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނައިގެން އުފައްދަވާފައިވާ ޕާޓީ، އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭކަނބަލެކެވެ.

ޒަހާ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރައްވާފައި ވަނީ، އޭނާ މަގާމުން ވަކި ކުރާނެ ކަމަށް މީގެ ކުރިން އަޑުތަކެއް އަރާފައި ވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީ އަތުލައި އޭނާއާ ދެން ހަވާލުކުރައްވާ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާ މެދު ނިންމެވި ގޮތެއް ޒަހާ ފޯނު ނުނަންގަވާތީ ސާފެއް ނޫނެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން އެ މެސެޖު ވެސް ސަރުކާރަށް ދީފައިވާ ކަމަށެވެ.

"ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކޯލިޝަންގެ ޕާޓްރަނުންނާއެކު މި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން. ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތަކުގެ ތެރެއިން އެެއް ވާހަކައެއް ހިންގަވަން ތިއްބަވާ ބޭފުޅުންނާ ގުޅޭ ވާހަކައަކީ. އަދި އޭގެ ތެރެއިން އެއް ސަބް ޕޮއިންޓް ކެބިނެޓްގައި ތިއްބަވާ ވަޒީރުންނާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް. ޖުމްލަ ގޮތެއްގައި އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން ދަނީ،" މަބުރޫކް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު