ލައިފްސްޓައިލް
ރެސިޕީ: އޮރެންޖް ކޭކު
ބޭނުންވާ ތަކެތި:

1/2 ޖޯޑު ޕްލޭން ޔޯގަޓް

1 ޖޯޑު އައިސިން ސްގަރ

1/2 ޖޯޑު ތެޔޮ

1/4 ތާޒާ އޮރެންޖްގެ ދިޔަ (ފެލާފައި)

1 1/4 ޖޯޑު ފުށް

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1/2 ސައިސަމުސާ ބޭކިންގް ސޮޑަރ

1 ސައިސަމުސާ އޮރެންޖް ތޮށި (ގާނާފައި)

1/2 ސައިސަމުސާ އޮރެންޖް ކުލަ 


ތައްޔާރު ކުރާނެ ގޮތް:

ޔޯގަޓާއި، އައިސިންގް ސްގަރ އޮމާންވަންދެން، ރަނގަޅަށް ގަށާލާށެވެ. ދެން ތެޔޮ ފޮދު އަޅާލާފައި އަނެއްކާވެސް ރަނގަޅަށް ގަށާލާށެވެ. އެއަށްފަހު، އޮރެންޖްގެ ދިޔަފޮދު އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްކޮށްލާށެވެ.

ތައްޓަކަށް، ފުށާއި، ބޭކިންގް ޕައުޑަރ އަދި ބޭކިންގް ސޮޑަރ އެއްކޮށް ފުރާނާލާށެވެ. އެއަށްފަހު، ކުރިން ތައްޔާރުކުރި ބައި އޭގެ ތެރެއަށް އަޅާލާށެވެ. އަދި ރަނގަޅަށް އޮމާންވަންދެން ގަށާލާށެވެ. އޭގެ ފަހުގައި، އޮރެންޖް ތޮށިކޮޅާއި ކުލަ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. 

ކޭކު ފިހާ ޓްރޭގައި ކުޑަ ބަޓަރ ކޮޅެއް ހާކާލާށެވެ. އެއަށްފަހު، ކޭކު ފިހުމަށްޓަކައި، ތައްޔާރުކުރި ފުށްގަނޑު  އޭގެ ތެރެއަށް އަޅާލާށެވެ.

ކޭކު ފިހާނީ އަވަން 180 ޑިގްރީގައި ބަހައްޓައިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
78%
0%
0%
22%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު