ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުވާ ތިން މީހަކު ދޫކޮށްލައިފި
އިސްމާއިލް ރިޒާ
07 ޖުލައި 2021 - 18:27
0
comments
Tweet
Telegram
މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުވާ ތިން މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައިވަނީ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެކެވެ.
ފަހުން އެ ތިން މީހުންގެ މައްޗަށް ވެސް ހަމަލާގެ ތުހުމަތު ކުރެވޭތީ، އެ ތަހުގީގު ފެށީ އެވެ.
ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. ކުރިމިނަލް ކޯޓުން ފޯނަށް ޖަވާބު ނުދޭއިރު އަމުރު އާންމުކޮށްފައެއް ނުވެ އެވެ.
މި މީހުން ހައްޔަރުކުރީ ހަމަލާގެ ފަހުން ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ކަމަށްވާއިރު ފަހުން އެ މީހުންގެ މައްޗަށް ހަމަލާއާ ގުޅުން އޮތް ކަމަށް ތުހަމަތު ކުރެވި ތަހުގީގު ކުރިޔަށް ގެންގޮސްފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރޭގައި މިއަދު ދޫކޮށްލި ތިން މީހުން ހިމެނޭއިރު އަނެއް ފަސް މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނެ އެވެ.
އެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ބޭރުގެ މާހިރުންގެ އެހީ އާ އެކުގައެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކާ ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ނަޝީދު މިވަގުތު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
21 ދުވަސް ކުރިން
0
މިނިސްޓަރު އިހުސާނާއި ފުލުހުންގެ ވެރިންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ތުހުމަތުކޮށްފި!
3 މަސް ކުރިން
0
ޕާކިސްތާނުގެ ޕޮލިސް ސްޓޭޝަނަށް ހަމަލާދީ 10 އޮފިސަރުން މަރާލައިފި
3 މަސް ކުރިން
0
ޒިޔާދަށް ސާބިތުނުވި ހުކުމުގެ އިސްތިއުނާފު އަނބުރާ ގެންގޮސްފި
4 މަސް ކުރިން
0
ރާއްޖެއަށް ޑްރަގް އެތެރެކުރި ކަމަށް ތުހުމަތުވާ ދެމަފިރިންގެ ބަންދަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
12 ގަޑިއިރު ކުރިން
0
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާ ސެމިނާއެއް ފަށައިފި
13 ގަޑިއިރު ކުރިން
0
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
13 ގަޑިއިރު ކުރިން
0
މޯލްޑިވިއަންއިން ކޮޗިންނާއި ޓްރެވިންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ
13 ގަޑިއިރު ކުރިން
0