ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް ނަޝީދު ދުބާއީގައި
މަރިޔަމ އަނާ
06 އޮކްޓޫބަރ 2021 - 18:56
0
comments
ރައީސް ނަޝީދު ދުބާއީ އެކްސްޕޯގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއާއެކު
Tweet
Telegram
ބޮމުގެ ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދުބާއީއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު ދުބާއީއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ދުބާއީ އެކްސްޕޯ2020ގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއެވެ.
ރައީސް ނަޝީދު ދުބާއީއަށް މި ފެއްޓެވި ދަތުރުގައި އެ ގައުމުގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ދުބާއީއަށް ވަޑައިގަތީ ސީދާ އެ އެކްސްޕޯގައި ބައިވެރިވާން ކަމެއް އަދި ސާފެއް ނޫނެވެ.
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން، ވޯލްޑް އެކްސްޕޯ ދުބާއީ އަންނަ މަހުގެ އެކެއްގައި ފަށާއިރު، މި އެކްސްޕޯގައި ރާއްޖޭގެ ތަރައްގީގެ ދަތުރު އެ ޕެވިލިއަން އިން ފެންނަން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ސަގާފަތް އަދި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތައް ޕެވިލިއަން އިން ރަމްޒުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިދިޔަ މެއި ހަ ވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ފަރުވާ އަށް މިހާތަނަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ހާމަކުރައްވާފައި ނުވާއިރު ރާއްޖެއިން ބޭރުގައި މުއްދަތެއް ނެތް ގޮތަށް ހުންނެވޭ ގޮތަށް މަޖިލީހުގެ އިދާރާ އިން ވަނީ ރައީސް ނަޝީދަށް ޗުއްޓީ ދެއްވާފައެވެ.
މެއި 6 ވަނަ ދުވަހު ނަޝީދު އަވަރަކޮށްލުމަށް ދިން ހަމަލާއަށް 13 ދުވަސް ފަހުން އިތުރު ފަރުވާއަށް އެމަނިކުފާނު ފުރާވަޑައިގަތީ ޖަރުމަނަށެވެ. އޭގެ ފަހުން ޖުލައި 2ގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ހުންނެވީ އެ ގައުމުގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
6 ދުވަސް ކުރިން
0
އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި
7 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
18 ދުވަސް ކުރިން
0
ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ކަންބޮޑުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
9 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
10 ގަޑިއިރު ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
10 ގަޑިއިރު ކުރިން
0
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
18 ގަޑިއިރު ކުރިން
0