ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަނެއްކާ ރާއްޖެ ބަންދުކުރުމުން ލިބޭނެ ބޮޑު ގެއްލުމެއް: ރައީސް ނަޝީދު
އިސްމާއިލް ރިޒާ
27 ނޮވެމްބަރ 2021 - 14:08
0
comments
Tweet
Telegram
ކޮވިޑް-19 ގެ އާ ވޭރިއެންޓާ ގުޅީގެން ރާއްޖެ އަނެއްކާވެސް ބަންދުކުރުން ވާނީ ގެއްލުންބޮޑު ވިސްނުމަކަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދެކުނު އެފުރިކާއިން ފެނުނު ކޮވިޑުގެ އައު ވޭރިއެންޓު ކަމުގައިވާ އޮމިކްރޮންއަކީ މިހާތަނަށް ފެނުނު މި ބަލީގެ އެންމެ ނުރައްކާތެރި ބާވަތްކަމަށް ގިނަ ސައެންސްވެރިން ވިދާޅުވެއެވެ. މިހާތަނަށް އެފުރިކާގެ ބައެއް ޤައުމުތަކާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން މި ވޭރިއެންޓު ފެނިފައިވެއެވެ.
ކޮވިޑުގެ އައު ވޭރިއެންޓު ފެތުރެން ފެށުމާއެކު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ދަތުރުކުރުމުގައި ބައެއް ހިފަހެއްޓުންތައް ތައާރަފުކުރަމުންނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މި ވޭރިއެންޓާ ގުޅިގެން އަޅާނެ ފިޔަވަޅަކާމެދު މިހާރު މަޝްވަރާކުރަން ފަށާފައިވާކަން ހާމަކުރައްވާފައެވެ.
އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުންބޮޑު ވިސްނުމަކަށް ކަމަށެވެ.
"ކޮވިޑާއެކު އުޅުންނޫންގޮތެއް ނެތް." ރައީސް ނަޝީދު ފޮނުވި މެސެޖްގައި ވެއެވެ.
ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާ ވައްތަރުތައް އަންނަނީ ފާޅުވަމުންނެވެ. އެންމެ ފަހުން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓެވެ.
ކޮވިޑް ފެތުރުން މާލޭގައި މަޑުޖެހިފައި އޮތް ނަމަވެސް އަތޮޅުތެރޭގައި ކޮވިޑް އަދިވެސް ދަނީ ފެތުރެމުން ނެވެ. އެގޮތުން އިއްޔެ ވެސް މާލެއިން 22 މީހުން ޕޮޒިޓިވްވި އިރު އަތޮޅުތަކުން 112 މީހުން ޕޮޒިޓިވްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
ޖެނުއަރީން ފެށިގެން މެންބަރުކަމުގެ މުސާރަ ނުނަގަން: ނަޝީދު
14 ދުވަސް ކުރިން
0
ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި އަހަރުތަކެއް ވުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް
14 ދުވަސް ކުރިން
0
ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް އަވަސް ކުރަން މަޖިލީހުން ގޮވާލައިފި
27 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާނީ މިމަހު 31ގައި
3 ގަޑިއިރު ކުރިން
0
އީރާނުގެ ރަައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ރައްކާތެރި ނޫން ގޮތަކަށް ޖައްސައިފި
5 ގަޑިއިރު ކުރިން
0
ޕަބްލިކް ސްޕީކިން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން :ފައިސަލް
9 ގަޑިއިރު ކުރިން
0
ފާރު ވެއްޓި އަނިޔާވި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
11 ގަޑިއިރު ކުރިން
0