ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާޝިދު އިންތިޚާބު ކުރުމުން ބޭރުން އެހީ ހޯދަން ފަސޭހަވާނެ: ގާސިމް
ހަސަން ހަލީމް
03 ފެބުރުއަރީ 2022 - 23:14
0
comments
ކޮމަންޑޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ވާހަކަފުޅު ދައްކަވަނީ
Tweet
Telegram
ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓޫދޭން ޖެހެނީ ދިވެހި ދައުލަތުގެ ކުރިއެރުމަށާއި ދިވެހި ދައުލަތުގެ ރައްޔިތާއި ސަރުކާރުން މަދަދާއި އެހީ ހޯދުމުގައި އާއި އެނޫންވެސް ކިތަންމެ ސިފައެއްގައި އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ، މި އިންތިޚާބު އެމްޑީޕީއަށް މުހިންމު ވަނީ މުޅި ދިވެހި ދައުލަތް ދަމަހައްޓަން ކަމަށެވެ. މި ގޮތުން ސަރުކާރަަށް ތާއީދު އޮތުމުން ނޫނީ ބޭރުގެ މާލީ އެހީތައް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
"މިހެން ވެގެން ދުނިޔަވީ ގޮތުން މިއީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މިހާރު ވެސް އޮތީ އެމްޑީޕީއަށް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެމްޑީޕީން ބޭނުންނަމަ މިހާރު ވެސް ގާނޫނޫއަސާސީ ބަދަލުކުރެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް މުހިންމުވަނީ ގައުމުގެ ކުރިއެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
ޤާސިމް ވިދާޅުވީ އެވަގުތަކު އޮންނަ ސަރުކާރަކަށް ރައްޔިތުންގެ އެއްބާރުލުން އޮތްކަން ދެއްކުމަކީ ފައިސާ ދޭ ފަރާތްތަކަށާއި އަދި ލޯނު ދޭ ފަރާތްތަކުން ވެސް އެހީތެރިވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
"މި ދިވެހި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި މި ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެންގެ އަހައްމިއްޔަތު ދޭން ބޭނުންވާތީ އެ މުސްތަގުބަލު އާރާސްތުކުރުމަށްޓަކައި އެކަން މުސްތަގުބަލުގައި ފަހިކުރުމަށްޓަކައި ކުރެވޭ ކަންތައްތަކުގެ ތެރެއިން މިކަންތައްތައް ހިމެނިގެން މިދަނީ. މި ވޯޓް މުހިންމު ވަނީ މި ދެންނެވި ސަބަބާ ހެދި،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ކޮށްދޭން ވައުދު ވެފައިވާ ހުރިހާ ކަމެއް ވެސް ހިނގަމުންދާ މަންޒަރު ފެންނަން ފަށައިފި ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑުގެ ސަބަބުން މުޅި ދުނިޔެ ބަނަވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވެސް މަސައްކަތްތައް ހިނގަމުންދާލެއް ފުރިހަމަ ކަމުގެ ވާހަކަ އެހާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ނުދެއްކޭނެ ކަމަށެވެ.
މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، އިއްވި ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވައި ޤާސިމް ވިދާޅުވީ އެ ބަޔާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާތަނަށް ހުންނެވި ބޭފުޅަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާންތަކުގެ ތެރެއިން އެއް ބަޔާން ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ޓަކައި ފަށްފަށުން ރައީސަށް ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ރާޝިދުގެ އިތުރުން ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.
އެ ދާއިރާގެ ތިން ރަށުގައި ވެސް ކެމްޕޭން ފޯރިގަދަ އެވެ.
އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް، ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫން ވޯޓުލުމުގެ ހައްގު 3،000 އަށް ވުރެން ގިނަ މީހުންނަށް ލިބެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ
9 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
10 ދުވަސް ކުރިން
0
ދެން ތިބޭނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި: އެމްޑީޕީ
12 ދުވަސް ކުރިން
0
ޕާޓީ ކެންޑިޑޭޓް ކެމްޕެއިންނަށް އެމްޑީޕީ ލީޑަޝިޕުން ނައީ ކީއްވެ..!؟
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިފްކޯގެ ސީއީއޯ އެ ކުންފުނީގެ މުވައްޒަފުންނަށް މޭޑޭގެ ތަހުނިޔާ ފޮނުއްވައިފި
8 ގަޑިއިރު ކުރިން
0
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް
8 ގަޑިއިރު ކުރިން
0
14 އަހަރުގެ ކުއްޖަކު ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެއަށް!
9 ގަޑިއިރު ކުރިން
0
ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ އަށް ތަރައްގީ ކުރަނީ
9 ގަޑިއިރު ކުރިން
0