ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
އަލީ ރާޒީ
09 އޭޕްރީލް 2022 - 13:58
0
comments
Tweet
Telegram
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑުއެއް ނިޢުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. އެގޮތުން އ.ދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ތަޤުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ހިދުމަތްތައް ލިބިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަސް ސަރަޙައްދުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބޮޑު މަސައްކަތެއް ކުރިއަށް ގެންދާއިރު މި ފަސް ސަރަޙައްދަށާއި މުޅި ޞިއްޙީ ދާއިރާއަށް ބޭނުންވާ މިންވަރަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްދެއްވާފައެވެ. މި ޖަލްސާގައި "ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އާއި ގުޅޭ ކޮމިޓްމަންޓްގައި ކައުންސިލްތަކުގެ މަންދޫބުން ސޮއިކުރައްވާފައިވެއެވެ. މިރޭގެ ޖަލްސާގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވަނީ ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރެޓަޖީ އިފްތިތާޙުކޮށްދެއްވާފައެވެ. އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ އިންޓަރ ސްކޫލް އާޓް އަދި ކުރުވާހަކަ ލިޔުމުގެ މުބާރާތް އިފްތިތާޙުކޮށްދެއްވާފައެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ކަރާ އަކީ އެންމެންނަށް ރައްކާތެރި އެއްޗެއް ހެއްޔެވެ؟
6 މަސް ކުރިން
0
އިހުތިރާމު ހޯދުމަށްޓަކައި ތެދުވެރިކަމާއެކު ޒިންމާތައް އަދާކުރަންޖެހޭ: ފައިސަލް
6 މަސް ކުރިން
0
ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްއޮތް ދައުރުގައިވެސް މަސައްކަތް ކޮށްދެއްވާ: ނައިބު ރައީސް
6 މަސް ކުރިން
0
ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް: ނައިބު ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
1 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފި
3 ގަޑިއިރު ކުރިން
0
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
4 ގަޑިއިރު ކުރިން
0
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގައި
4 ގަޑިއިރު ކުރިން
0