ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ޗެލްސީގެ ކޯޗު ކަމުން ޓުޗެލް ވަކިކޮށްފި
ފާތުމަތު މަލްހާ
07 ސެޕްޓެމްބަރ 2022 - 16:21
0
comments
ތޯމަސް ޓުޗެލް: ޗެލްސީގައި އޭނާ ވަނީ ދޮޅު އަހަރު ހޭދަ ކޮށްފަ --- ފޮޓޯ: ގެޓީ އިމޭޖަސް
Tweet
Telegram
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން ކްރޮއޭޝިއާގެ ޒަގްރެބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކިކޮށްފިއެވެ.
ޗެލްސީން ޓުޗެލް މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގެ ދަށް ފެށުމާއެކުގައެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީން ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިވީ 1-0 އިން ޑައިނަމޯ ޒަގްރަބް އަތުންނެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ސައުތުހެމްޓަން އަތުންވެސް އެޓީމު ވަނީ 2-1 އިން ބަލިވެފައެވެ.
އެންމެ ފަހުގެ ޓްރާންސްފާ މުއްދަތު މިދިއަ މަހުގެ ނިޔަލަށް ހަމަވި އިރު ޔޫރަޕުން އެންމެ ބޮޑު ހޭދައެއް ކުރި ޗެލްސީގެ މި ބައްޔަކީ ޓުޗެލްގެ އިތުރުން މުޅި ޓީމަށް ވެސް ކުރިމަތިވި ހާސްކަމެކެވެ.
ޗެލްސީން ވަނީ ކުޅުންތެރިން ހޯދަން 360 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އެހެންވެ ބެލެވެނީ އެ ހަރަދާ އެއްވަރުގެ ކުޅުމެއް ނުފެންނާތީ ޓުޗެލް ވަކިކުރީ ކަމަށެވެ.
ޗެލްސީގެ ކޯޗުކަމުގައި ޓުޗެލްގެ 100 ވަނަ މެޗު ހިތްދަތި ގޮތަކަށް ނިމުނު އިރު އޭނާ ބުނީ "އަހަރެމެންގެ ފެންވަރާ ގާތަށް ވެސް ނުދެވޭ" ކަމަށެވެ.
"މި ވަގުތަށް ބަލާ ނަމަ އަހަރެން ބުނާނީ ހުރިހާ ކަމެއް ވެސް ވަނީ އުނިވެފައޭ،" ރޭ މެޗަށް ފަހު މިޑިއާއަށް އިންޓަވިއު ދެމުން ޓުޗެލް ބުންޏެވެ.
ޗެލްސީން ބުނީ، އެ ކްލަބުގެ ކޯޗުކަމުން ޓުޗެލް ވަކިކުރަން ނިންމާފައިވާ ކަމަށާއި، މި ނިންމުން ނިންމީ މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވުމާއެކު ކަމަށެވެ.
މިގޮތުން ޗެލްސީން ވަނީ އެ ކްލަބުގެ ކޯޗުކަމުގައި ޓުޗެލް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ކްލަބުން ވަނީ އޭނާއަށް މުސްތަގުބަލުގައި ކާމިޔާބީއަށްވެސް އެދިފައެވެ.
އެކަމަކު އެއް ބަޔަކު ބުނާ ގޮތުގައި އާ ކުޅުންތެރިންނާ އެކު ޓީމު އެކުލަވައިލަން ޓުޗެލް އަށް ވަގުތު ދޭން ޖެހެ އެވެ.
ޗެލްސީގެ ކޯޗު ކަމާ ޓުޗެލް ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ އެ ޓީމަށް އެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 އަހަރު ކުރިން
0
ޗެލްސީގެ ކޯޗުކަމުން އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ވަކިކޮށްފި
2 އަހަރު ކުރިން
0
ސްކައި އިޓަލީ އަށް ދިން އިންޓަވިއު މައްސަލައިގައި ލުކާކޫ މާފަށް އެދިއްޖެ
3 އަހަރު ކުރިން
0
ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
3 އަހަރު ކުރިން
0
ޗެލްސީ މޮޅުވުމުން، ސިޓީގެ އިންތިޒާރު ދިގުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
11 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
12 ގަޑިއިރު ކުރިން
0
ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
12 ގަޑިއިރު ކުރިން
0
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި
13 ގަޑިއިރު ކުރިން
0