ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ލަންކާއަށް ބޭރުގެ އެހީ ހޯދުމާ ގުޅޭ މަޝްވަރާއަށް ނަޝީދު އެ ގައުމަށް
އަލީ ރާޒީ
26 ސެޕްޓެމްބަރ 2022 - 22:22
0
comments
Tweet
Telegram
ސްރީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާއަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ގައުމަށް މިރޭ ފުރާވަޑައިގަންނަވައިފި އެވެ.
މީގެ ހަތަރު ވަރަކަށް މަސް ކުރިން ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވަނީ ނަޝީދަށް ދެއްވަވައިފަ އެވެ. އެއީ ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ކުރި ޓްވީޓެއްގައި ބުނިގޮތުގައި އެހީ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ މޫސުމީ ބަދަލުތަކުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި 'ސްރީ ލަންކާ މިޝަން'ގެ ބައްދަލުވުމަކަށް ފުރާ ވަޑައިގެންފައިވާ ކަމަށެވެ.
ލަންކާގައި ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި ތެލުގެ ތާށިކަން ދިމާވެފައިވާތާ މަސްތަކެއް ވެއްޖެ އެވެ. އަދި ބޭރު ފައިސާއަށް ޖެހި މުހިންމު ބައެއް ތަކެތި އިމްޕޯޓް ކުރުމަށް ވަނީ ހުރަސްއެޅިފަ އެވެ.
އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އެެދިވަޑައިގެންފަ އެވެ. ހާލަތު ރަނގަޅު ވުމުގެ ކުރިން އިތުރަށް ގޯސްވާނެ ކަމަށާއި ނަމަވެސް، ވީހާވެސް އަވަހަށް ރައްޔިތުންނަށް ތިން އިރު ކެއުން ލިބޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަކީ ލަންކާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅުގެ ގިނަ އިސްވެރިން ހަރަކާތްތެރިވީ ވެސް ލަންކާގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
މޯލްޑިވިއަނުން މާލެ-ލަންކާ ދަތުރުތައް ފަށައިފި
11 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
25 ދުވަސް ކުރިން
0
ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ނަޝީދު މާލެ ވަޑައިގަންނަވަނީ
1 މަސް ކުރިން
0
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ
5 މިނެޓް ކުރިން
0
ސިހުރު ހެދި މީހާގެ ބަންދަށް 15 ދުވަސް
16 މިނެޓް ކުރިން
0
ޑްރެޖަރުގައި އަނިޔާވި ބިދޭސީ މީހާ މަރުވެއްޖެ
6 ގަޑިއިރު ކުރިން
0
ތުރުކީވިލާތުން އިސްރާއީލާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލައިފި
6 ގަޑިއިރު ކުރިން
0