ޚަބަރު
ރައްޔިތުން ގަބޫލުކުރަނީ މިސަރުކާރު ވަރަށް ކޮރަޕްޓް ކަމަށް: އުޝާމް
ރައްޔިތުން މިހާރު ގަބޫލުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް ކޮރަޕްޓް ވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ރައީސް އިއްޔެ ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށް ''އަޅުގަނޑުމެން ނުރުހޭ'' ކަމަށެވެ.

މިވާހަކަފުޅާ ގުޅިގެން، އުޝާމް ކުރެއްވި ޓުވީޓެއްގައި ވަނީ މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ބޭފުޅުން ތިއްބެވިކަން ފާހަގަކުރައްވައިފައެވެ. އަދި އެ މައްސަލަތައް ނުބެލޭއިރު ގިނަ ރައްޔިތުން ގަބޫލުކުރަނީ މީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދިވެހި ގިނަ ރައްޔިތުން މިއަދު ގަބޫލުކުރަނީ މިސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއްކަމަށް." އުޝާމްގެ ޓްވީޓްގައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
25%
0%
50%
25%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު