ޚަބަރު
އިސްލާމިކް ފައިނޭންސިންގް ފޯރަމެއް ބާއްވައިފި
ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ އަށް ދިމާވާ ގޮންޖެހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "ޝަރީއާ ސްކޮލާސް"ގެ ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފޯރަމެއް ބާއްވައިފި އެވެ.

ރާއްޖޭގައި ހިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވި މި ފޯރަމްގައި އެކަމަށް އެމްއެމްއޭ ޝަރިއާ ކައުންސިލްއާ ކުރަން ބޭނުންވާ ސުވާލުތައް ކޮށް، ދާއިރާ އާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފައިވެ އެވެ.

އަދި، އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާއި ވާދަކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު