ޚަބަރު
ފިޔަވަތީގައި ތިބި ކުދީންނަށް ރައީސްގެ ދެކަނބަލުންގެ ރޯދަ ވީއްލުމެއް
ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ. ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި މި ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ މުލީއާގޭގައެވެ.

މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބާއި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުވެސް މިފަދަ ރޯދަވީއްލުމެއް ރައީސްގެ ދެކަނބަލުން ދެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު