ޚަބަރު
ކޮވިޑުގެ އަދަދުތައް ދަނީ އިތުރު ވަމުން: އެޗްޕީއޭ
ރާއްޖޭގައި ކޮވިޑް-19ގެ އަދަދުތައް ދަށަށް ނުދާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އެޖެންސީން އާންމުކުރި ފާއިތުވި ހަފުތާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން 194 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ތެރެއިން އެންމެ ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މާލޭ ސަރަހައްދުން 105 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ރަށްރަށުން 42 މީހަކު ޕޮޒިޓިވްވެފައިވާއިރު އެހެނިހެން 47 ކޭސްއެއް ފެނިފައިވެއެވެ. އަދި އެ ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 38އަށް އަރައެވެ.

ފާއިތުވި ތިން ހަފުތާއަށް ބަލާނަމަ ވެސް ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ހަފުތާ 199 މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ހަފުތާ 148 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. މި އަދަދުތަކާއެކު ހޮސްޕިޓަލުގައި އެނދުމަތިކުރާ މީހުންގެ އަދަަދުތައް ވެސް ކޮންމެ ހަފުތާއަކުން އަންނަނީ އިތުރުވަމުންނެވެ. އަދި ކޮވިޑް ޖެހުނު 38 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ދަށަށް ނުދެއެވެ. ބައެއް ގައުމުތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއެވެ.

ރާއްޖެއިން މިހާތަނަށް 186،435 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި 313 މީހަކު ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ޝުއޫރު
43%
14%
29%
14%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު