ޚަބަރު
ޕެނަޑޯލް ކާން ހުއްދަ ދީފި
ޕެނަޑޯލް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.

ކުރިން ޕެނަޑޯލް މަނާ ކުރީ ފެންވަރު ކަށަވަރު ކުރަން ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓުތައް ހެދިއިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަން ކޮޅުން ނެއްޓިފައިވާކަން ފާހަގަ ކުރެވުމުން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

އޮތޯރިޓީން ބުނީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ.

ބޭސް ބޭނުން ކުރުމުގެ ހުއްދަ އަލުން ދިނުމާއެކު، އެމްއެފްޑީއޭއިން ބުނީ ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުގައި ޕެނަޑޯލް ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންތް ހުރިކަން ޔަގީން ވެފައިވާ ކަމަށާއި މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓްގައި ނެތް ކަމަށެވެ.  

"މި މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓްގައި ނެތްކަންވެސް ވަނީ ކަށަވަރުވެފަ،" އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު