ވިޔަފާރި
އޭއީއެޗްގެ ސީއީއޯއަކަށް ޑރ. ޔާސިރު
އައްޑޫ އިކްއެޓޯއަރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ސީއީއޯގެ މަގާމަށް ޑރ. އިބްރާހީމް ޔާސިރު އަހުމަދު އައްޔަންކޮށްފި އެވެ. 

އޭއީއެޗް އިން ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާ ކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހެވެ.

ޑރ. ޔާސިރު ހާއްސަ ވެފައި ވަނީ އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ. އޭނާ އެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޔާސިރު މަސައްކަތް ކުރައްވާތާ 23 އަހަރު ވެފައި ވާއިރު، ބައެއް ހޮސްޕިޓަލްތައް ހިންގުމުގެ ދާއިރާގައި ވެސް އުޅުއްވި އެވެ.

ޑރ. ޔާސިރަކީ މިހާރު ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު