މިސްރަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި މަހުގެ 14 އިން ފެށިގެން މިސްރުން އޮން އެރައިވަލް ވިސާދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން މިނިސްޓަރު ވަނީ މިސްރުގެ ފޮރިން މިނިސްޓަރު ސާމެހް ޝުކްރީއަށް ޝުކުރު ވެސް ދަންނަވައިފަ އެވެ.މިސްރަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ހަމަޖެހުމާ ގުޅިގެން އެއް ގައުމުން އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރެވޭނެ އެވެ.
ފޮރިން މިނިސްޓަރު ކަމާ ޝާހިދު ހަވާލުވެވަޑައިގަތުމަށްފަހު ވަރަށް ގިނަ ގައުމުތަކަށް އޮން އެރައިވަލް ވިސާ ދިވެހިންނަށް ލިބޭނެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.