ޚަބަރު
ސީފެއަރާސް އައީޑީ ދޫކުރަން ފަށައިފި
ބޯޓް ދަތުރުކުރުމަށް ދިއުމަށް، ޓްރާންސްޕޯޓް މިނިސްޓްރީން ދޭން ޖެހޭ، ސީފެއާ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްސް(އެސްއައިޑީ) މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ، އައިޑެންޓިޓީ ޑޮކިއުމެންޓް މިހާރު ހުށަހަޅާފައިވާ ފަރާތްތަކަށް ވެލާނާގެ އެއް ވަނަ ފްލޯއިން މިއަދު 6:00 އާ ހަމައަށް ޑޮކިއުމެންޓް ލިބޭނެ ކަމަށެވެ. އިމިގްރޭޝަނުން ބުނީ، އޮފީސް ހުޅުވާ ހުރިހާ ވަގުތެއްގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް 8:30 އިން 5:00 އިން އައިޑީ ކާޑު ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ބޯޓު ދަތުރު ކުރާ ފަރާތްތަކުގެ އަތުގައި މި ލިއުން ނެތުމުގެ ސަބަބުން ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަަމަށް ބޯޓުދަތުރު ކުރާފަރާތްތަކުން ބުނެއެވެ. އެގޮތުން ބައިނަލްއަޤްވާމީ ބަނދަރުތަކުން މި ލިއުން އޮތްތޯ ބަލާއިރު، މި ލިއުން ނެތި ބޯޓަށް ބަނދަރު ނުކުރެވުމާއި ނުވަތަ އެމީހުންނަށް ބަނދަރުތަކުގެ ވަސީލަތް ބޭނުން ކުރަން ނުދެވުން ހިމެނެއެވެ. މީގެ އިތުރުން މިފަހުން ވަޒީފާތައް ޑޮކިއުމެންޓް ނެތުމުން އެއްވެސް ގޮތަކަށް ނުލިބޭކަމަށް އެފަރާތްތަކުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަން ޖެހޭ ލިއުމެކެވެ. އެސްއައިޑީ އަކީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ދުނިޔޭގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށް ކޮންމެހެން ބޭނުންތެރި އަދި ބައިނަލްއަގްވާމީ ގޮތުން އޮންނަން ޖެހޭ އައޑީ ކާޑެކެވެ. ސީމަން ބުކް އަކީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ އަދި އެ ފަރާތްތަކާ ބެހޭ މައުލޫމާތާއި ތަޖުރިބާ އާއި ފެންވަރު ބަޔާންކުރާ ލިއުމެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ވައިޓް ލިސްޓުގައި ރާއްޖެ 2015 ވަނަ އަހަރުގައި ވަނީ ހިމެނިފައެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ކޮންވެންޝަން ވެސް ތަސްދީގުކުރިއެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަންޖެހޭ އެސްއައިޑީ ނުލިބުމުގެ ސަބަބުން ރާއްޖޭގައި ބޯޓު ދަތުރުކުރުމުގެ ދާއިރާ އެއްކޮށް އުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް އޭރު ވާހަކަދެކެވުނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު