ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވާނެ: ރައީސް
ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ, ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސްކަމަށާއި، އެކަމުގައި ޤާނޫނީ ހުރަހެއް ނެތްނަމަ އެ ދުވަހު ސަރުކާރު ބަދަލުވާނެކަމަށެވެ. ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސްކަމަށް އޮތުން އެއީ އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ގޮތްކަމަށާއި، އެގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް. އެގޮތަށް އެކަން ކުރުމަށް އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފައި. އޭގެ މަސައްކަތް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމުގައި ވާނަމަ ނޮވެމްބަރު 11ގައި ސަރުކާރު ބަދަލުވެގެންދާނެ، ޤާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ ބަދަލުމުން މިދަނީ." ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރުކަމަށެވެ. 

މީގެ 55 އަހަރު ކުރިން ނޮވެންބަރު 11، 1968 ވަނަ ދުވަހުގެ ރޭ 00:00 ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއެއްގެ ގޮތުގައި ވެލާނާގޭ އިބްރާހިމް ނާސިރު ހުވާކުރެއްވި ހިސާބުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ޖުމްހޫރީ ދުވަހެވެ.

ނަމަވެސް ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17 އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އިންތިހާބު ބޭއްވި ތާރީހު ބަދަލުވުމުންނެވެ. އެ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 11 ގަ އެވެ. ދެ ވަނަ ބުރު ބޭއްވީ ނޮވެމްބަރު 16، ގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހެވެ.

ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ވެެރިކަމުގެ ހުވާ ކުރައްވާފައި ވަނީ އެއިރެއްގައި ގާނޫނު ހަދާ މަޖިލިސް ހިންގަމުންދިޔަ ގޭގަ އެވެ. އެގޮތުން ޖެނުއަރީ 1، 1953 ވަނަ ދުވަހު ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި މުހައްމަދު އަމީން ދީދީ ހުވާކުރެއްވީ އޭރުގެ ގާނޫނު ހަދާ މަޖިލިސް، ދާރުލްޢުލޫމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެއަށްފަހު ނޮވެމްބަރު 11، 1968 ގައި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އިބްރާމް ނާސިރު ހުވާކުރެއްވީ އޭރުގެ ރައްޔިތުންގެ މަޖިލިސް، ނާދީ ތަމައްދުންގައި އެރޭ ބޭއްވުނު ހާއްސަ އިހުތިފާލެއްގަ އެވެ. އޭގެ 10 އަހަރުފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި މައުމޫން އަބްދުލްގައްޔޫމް ވެސް ހުވާކުރެއްވީ ހަމަ ނާދީ ތަމައްދުންގަ އެވެ. ނަމަވެސް އެމަނިކުފާނުގެ ފުރަތަމަ ދައުރަށްފަހު މިއަދާ ހަމައަށް ވެސް ވެރިކަމުގެ ހުވާ ކުރައްވަމުން ގެންދަވަނީ މިހާރުގެ ރައްޔިތުންގެ މަޖިލިސް ހިންގަމުން ގެންދާ އިމާރާތުގަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު 54 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 126،499 ވޯޓެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު