ޚަބަރު
ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުދޭން ނިންމައިފި
ވ. ފެލިދޫ: -- ފޮޓޯ: މޯލްޑިވްސްބައި
ވ. ފެލިދޫގައި ދޫކޮށްފައިވާ ބައެއް ބިންތަކަށް ކުލި ނުދައްކާތީ، އެ ކުއްޔަށް ނެގި މީހުންގެ އަނބިދަރިންނަށް ހިދުމަތް ނުދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެހެކަމުން ފައިސާ ދައްކަންޖެހޭ މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ވެސް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދިނުމަށް މިދިޔަ ހަފުތާގެ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ބުންޏެވެ.

އާބާދީގައި 690 މީހުން އުޅޭ ފެލިދޫ ކައުންސިލްގެ ބަހެއް ނުލިބޭތީ، އެ ކައުންސިލަށް ނުލިބި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ. އެ ކައުންސިލުން ކުރި އިއުލާނުގައި ވެސް ނުލިބިވާ ފައިސާގެ އަދަދެއް ބުނެފަ އެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު