ޚަބަރު
އެމްބަސީތަކުގެ ސިޔާސީ މުވައްޒަފުން ރާއްޖެ އަންނަން އަންގައިފި
ލަންކާގައި ހުންނަ ދިވެހި އެމްބަސީ - ފައިލް ފޮޓޯ
އިންތިހާބީ ރައީސްގެ އެދިލެއްވުމާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މި ހަފުތާގެ ނިޔަލަށް އެނބުރި އައުމަށް ފޮރިން މިނިސްޓަރީން އަންގައިފި އެވެ.

ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު ސޮއިކުރައްވައި އެ މުވައްޒަފުންނަށް ސިޓީ ފޮނުވަން އިއްޔެ ވަނީ ފައްޓަވާފަ އެވެ.

އެ މިނިސްޓަރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ބައެއް ޑިޕްލޮމެޓިކް މުވައްޒަފުން މިމަހުގެ 18 ގެ ކުރިން ރާއްޖެއަށް އަނބުރާ ގެނައުމަށް އިންތިހާބީ ރައީސް އެދިލައްވާފައިވާ ކަމަށެވެ.

"މިގޮތަށް އެދިވަޑައިގެންނެވި 61 ބޭފުޅަކު އެދުވަހުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް މިހާރު ވާނީ ދެންނެވިފައި،" ސަފާއަތު ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާ ނިމި، އައު ރައީސް ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގަ އެވެ.

ބޭރު ގައުމުތަކުގެ އެމްބަސީތަކުގައި މި ސަރުކާރުން ގިނަ އަދަދަކަށް މީހުން އައްޔަންކޮށްފައިވުމާއި އެ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ މީގެ ކުރިން ވެސް އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު