ޒިކުރާ މިސްކިތުގެ އައު ޑިޒައިން ދައްކާލައިފި
އައިމިނަތު ޝިޔާޒާ
09 މެއި 2024 - 23:27
0 comments
ޒިކުރާ މިސްކިތުގެ ކުރެހުން: މި އަހަރު މަސައްކަތް ފެށޭނެ
ޒިކުރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މި އަހަރުތެރޭ ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.ޝަހީމް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭ ގެ ޒިކުރާ މިސްކިތް އަލަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނެ ގޮތުގެ ކުރެހުމެއް ހިއްސާ ކުރައްވާފައެވެ.ޒިކުރާ މިސްކިތް ހުރި ބިމުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ހިލޭ އެހީގައި އަޅަނީ ތިން ބުރީގެ މިސްކިތެކެވެ.އެތަނުގައި އެސްޖޭގެ ހަރަދުގައި ތިން ބުރީގެ މިސްކިތެއް އަޅަން ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މާލޭގެ އިތުރު ދެ މިސްކިތް އަޅަންވެސް ސަރުކާރުން ބަޔަކާއި ހަވާލު ކޮށްފައި ވެއެވެ.ސަރުކާރު އުފެދުނު ފަހުން / މިނިސްޓަރު ޝަހީމްގެ ވަޒީރު ކަމުގައި މިސްކިތްތައް ބިނާ ކުރުމާއި މިސްކިތްތައް އާބާތުރަފިލުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ. އަމިއްލަ ފަރާތްތަކަށް މިސްކިތް ބިނާ ކުރުމަށް ފުރުސަތުތައް ވެސް ތަނަވަސް ކޮށް ދެއްވައެވެ.
ކިޔުންތެރިންގެ ޝުއޫރު