ރާއްޖެއިން އުމްރާއަަށް މީހުން ގެންދިއުމަށް ޝައުގުވެރިިވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި
އިއުލާނެއްގައި ބުނެފައި ވަނީ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މި މަހުގެ 12 އިން ފެށިގެންނެވެ.ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް ބަޔާނުގައި ވެއެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 2022ވަނަ އަހަރު ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.