އިސްމާއިލް ރިޒާ
23 ނޮވެމްބަރ 2023 - 19:23
0 comments
ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.ސްޓެބިސިސް އާ ގުޅިގެން ބާއްވާ މި މުބާރާތަކީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. އެއީ 16 އަހަރުން މަތީގެ ބައިވެރިންނަށް "އެކައި އެލީޓް" ކެޓަގަރީއާއި 12 އަހަރުން މަތީގެ ބައިވެރިންނަށް "ސްކައި ވޯކާ" ކެޓަގަރީ އެވެ.އުރީދޫން ބުނީ އެ ދެ ކެޓަގަރީގެ ރޭސްވެސް ތައްޔާރު ކޮށްފައިވާނީ އޮބްސްޓެކްލްލްސް ހިމެނޭހެން، އެންމެ އަވަަހަށް ރޭސް ނިންމާ ފަރާތެއް މޮޅުވާ ގޮތަށް ކަމަށެވެ.ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ކެޓަގަރީއެއްގަ އެވެ. ކޮންމެ ކެޓަގަރީއެއްގައި ބައިވާން ބޭނުންވާ ފަރާތްތަކަށް ވެސް އުރީދޫން ވަނީ ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ.ސްކައި އެލީޓް ކެޓަގަރީ– މި ކެޓެގަރީގައި ބައިވެރިވެވޭނީ ޑިސެމްބަރު 22އާ ހަމައަށް 16 އަހަރު ފުރިފައިވާ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.– ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކު– އެއަރކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވުން– ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުރުންސްކައި ވޯކާ ކެޓަގަރީ– މި ކެޓެގަރީ ގައި ބައިވެރިވެވޭނީ ޑިސެމްބަރު 22 އާ ހަމައަށް 12 އަހަރު ފުރިފާވާ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.– މި ކެޓެގަރީ ގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫނެވެ.– ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަރ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖޭނެސްކައި ވޯކާ ކެޓަގަރީގައި ޕްރީ ކޮލިފިކޭޝަން ރައުންޑެއް ކުރިއަށް ގެންދާއިރު، އެ ރައުންޑް ކުރިއަށް ގެންދާނެ ތާރީހާއި ގަޑި ރަޖިސްޓްރީ ކުރާ ފަރާތައް އަންގާނެ ކަމަށް އުރީދޫން ބުންޏެވެ.މި މުބާރާތުގައި "ސްކައި އެލީޓް" ކެޓަގަރީގެ ވަނަތަކަށް ދޭ އިނާމުތަކަކީ:1 ވަނަ: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ)2 ވަނަ: 5ޖީ އެއާ ފައިބަރު ޑިވައިސް އާއި ތިން މަސް ދުވަހުގެ 1536ޖީބީގެ ހިލޭ ޕެކޭޖް3 ވަނަ: 2000ރ. ގެ މޫލީ ވައުޗަރުމި މުބާރާތުގައި "ސްކައި ވޯކާ" ކެޓަގަރީގެ ވަނަތަކަށް ދޭ އިނާމުތަކަކީ:1 ވަނަ: ޑީޖޭއައި މިނީ 2 އެސްއީ2 ވަނަ: 5ޖީ އެއާ ފައިބަރު ޑިވައިސް އާއި ތިން މަސް ދުވަހުގެ 750ޖީބީގެ ހިލޭ ޕެކޭޖް3 ވަނަ: 1000 ރުފިޔާގެ މޫލީ ވައުޗަރުއުރީދޫން ބުނި ގޮތުގައި މި ދެ ކެޓެގަރީގައި ގެ ރޭހުގައި ވެސް ގިނަ އޮބްސްޓެކަލްސް ހިމެނޭނެ އެވެ. އަދި ބައިވެރިން އިސްކަން ދޭން ޖެހޭނީ އޮބްސްޓެކްލްސްތައް ހުރަސްކޮށް އަވަހަށް ރޭސް ނިންމުމަށް ކަމަށް ވެސް ބުންޏެވެ.އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު 10 ޑިސެމްބަރު 2023 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމަށް: http://ore.do/dronerace ޒިޔާރަތްކުރައްވާށެވެ.