ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބަޖެޓު ބަހުސަށް މިއަދު ޖަލްސާގެ ވަގުތު ދަންމާލައިފި
އައިމިނަތު ޝިޔާޒާ
11 ޑިސެމްބަރ 2023 - 15:48
0
comments
Tweet
Telegram
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސް ނިންމުމަށްޓަކައި، މިއަދުގެ ޖަލްސާގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ 300 މިލިއަން އިތުރުކޮށް ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ.
ބަޖެޓް ކޮމިޓީން ވަނީ ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކޮށްފައެވެ. އެ މަޝްރޫއަށް ހިމެނި ފައިސާ ބަޖެޓުގެ އެކި ކަންކަމަށް ބަހާލާފައިވާއިރު، ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ އެކި ދާއިރާތަކަށް 306 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްފަހު އެވެ. އޭގެތެރޭގައި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރާ މަސައްކަތަށް 10 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ބަޖެޓު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސް ކުރައްވަން، ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވަގުތު އިތުރުކުރައްވަން ބޭނުންފުޅުވާ ކަމަށް އިއުލާނުކުރައްވައިފަ އެވެ.
އެއާ އެކު، އަސްލަމް ހުށަހެޅުއްވި ގޮތަށް، ބަޖެޓު ބަހުސް މިއަދު ނިންމުމަށްޓަކައި ހަވީރު 5:00 އާ ހަމައަށް ޖަލްސާގެ ވަގުތު އިތުރުކުރަން ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
މިއަދު ބަޖެޓު ބަހުސް ނިންމިޔަސް، މިއަދު ބަޖެޓު ފާސްކުރަން ވޯޓަށް އަހާނެ ކަމެއް ނޭނގެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
21 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
4 ދުވަސް ކުރިން
0
އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން: އަސްލަމް
9 ދުވަސް ކުރިން
0
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
10 ދުވަސް ކުރިން
0
އިޒްރޭލުން ރަފަހްއަށް ހަމަލާދިނުން ކުށްވެރިކޮށް، ކުއްލި މައްސަލައެއް
ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިރޭގެ މަގްރިބު ނަމާދަށްފަހު މުދަލު ޒަކާތާ ބެހޭ ދަރުސްތަކެއް
58 މިނެޓް ކުރިން
0
ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަސް ދިރާގުން ފާހަގަކޮށްފި
1 ގަޑިއިރު ކުރިން
0
ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ފަސްކުރުމުގެ ވިސްނުމެއް ނެތް: ޗައިނާ ސަފީރު
2 ގަޑިއިރު ކުރިން
0
އުރީދޫގެ ފުރަތަމަ ޑިޖިޓަލް ރަށަކަށް، ނ. ލަންދޫ
2 ގަޑިއިރު ކުރިން
0