ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަޖިލީހަށް ވާދަކުރަން ޖޭޕީގެ ޓިކެޓަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
އިސްމާއިލް ރިޒާ
27 ޑިސެމްބަރ 2023 - 12:44
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި އެވެ.
ޖޭޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރުމަށް ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ ފުރުޞަތު އިއްޔެ ވަނީ ހަމަވެފައެވެ. މިއާއެކު އެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މެންބަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފަ އެވެ.
ޖޭޕީގެ ޓިކެޓަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދޭން ޖެހުނީ މިދުވަސްވަރަކީ ސްކޫލުތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ރާއްޖެއިން ބޭރަށާއި އަތޮޅު ތެރޭގެ އެކި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާތީ ކުރިން ދިން މުއްދަތުގައި ކަމާ ގުޅޭ ފޯމުތައް ހުށަހެޅުމަށް ބައެއް ބޭފުޅުންނަށް ދަތިތަކެއް ހުރުމުން ކަމަށް ޖޭޕީން ބުނެ އެވެ.
އިއުލާންގައިވާ ގޮތުން އެ ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހެޅޭނީ މަޖިލީހަށް ޝައުގުވެރިވާ އެކަމުގެ ގާބިލްކަން ހުރި އަދި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ މީހުންނަށް ކަމަށެވެ.
އިއުލާންގައި އިތުރަށް ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ހުށަހަޅާ ފޯމުތަކާއި ކަމާ ގުޅޭ ލިޔުންތައް ޖޭޕީގެ ކައުންސިލުން ކަނޑައަޅައި ކޮމިޓީއަކުން ބަލައި ވަޒަންކުރާނެ ކަމަށެވެ. ޖޭޕީގެ ޓިކެޓް ކަށަވަރު ވާނީ އޭގެފަހުން ކަމަށްވެސް ބުނެފައިވެ އެވެ.
19 ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްޞީލު ކުރާ ތިއްބެވީ އެންމެ 2 މެންބަރުންނެއެވެ. އެއީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން މީގެ ކުރިން ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
މަޖިލިސް އިންތިހާބުގައި ވާދަކުރަން ޖޭޕީގެ 10 ބޭފުޅުން ފޯމު ހުށަހަޅުއްވައިފި
4 މަސް ކުރިން
0
ކުރީގެ ނައިބު ރައީސް ފައިސަލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި
5 މަސް ކުރިން
0
ކުރީގެ މިނިސްޓަރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ
5 މަސް ކުރިން
0
ޖޭޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ހުޅުވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
22 މިނެޓް ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
26 މިނެޓް ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
44 މިނެޓް ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
50 މިނެޓް ކުރިން
0