ދުނިޔެ
އިންތިހާބުގެ ކުރިން ބަންގްލަދޭޝްގެ ވޯޓު ފޮށިތައް އަނދާ ހުލި؛ ހަތަރު މީހަކު މަރު..!
ފޮޓޯ: ރޮއިޓާސް
މިއަދު އިންތިހާބުގެ ކުރިން ބަންގްލަދޭޝްގެ ބައެއް ވޯޓު ފޮށިތައް އަނދާ ހުލިވެ، ރޭލުތަކުގައި އަލިފާން ރޯކޮށް ހަތަރު މީހަކު މަރުވެއްޖެ އެވެ.

މިއަދު ބަންގްލަދޭޝްގެ ޢާއްމު އިންތިޚާބު އޮންނައިރު މިއިންތިޚާބު ބޭއްވުމުގެ ކުރިން ހިނގި މިހާދިސާގައި 2 ކުޑަކުދިންވެސް މަރުވިއިރު އިތުރު 8 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެެވެ.

ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ވިދާޅުވީ ޑާކާގައި ވޯޓާ ދިމާކޮށް މިހިންގި ޢަމަލަކީ މަސްލަހަތު ނަގާލާއި ޑިމޮކްރަސީގެ ރީތި އުސޫލުތަކަށް ދިން ހަމަލާއެއް ކަމަށާއި، ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޑާކާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަމަނުޖެހުން ކޮންޓްރޯލް ކޮށްފަ އެވެ.

ބަންގާޅުގެ މައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ މި އިންތިހާބަކީ ދެފުށް ފެންނަ އިންތިޚާބެއް ނޫންކަމަށާ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލައި  މިއަދުން ފެށިގެން  މުޅި ގައުމުގައި ދެ ދުވަހުގެ ހަޅުތާލެއް ކުރުމަށް ގޮވާލާފަ އެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި ހުކުރު ދުވަހު އެކްސްޕްރެސް ރޭލުގައި ހިނގި އަލިފާނަކީ "ޝައްކެއްވެސްނެތްގޮތުގައި ސެބޮޓޭޖް އާއި އަނިޔާވެރިކަމުގެ އަމަލެއް" ކަމަށް ބީއެންޕީގެ އިސް އޮފިޝަލަކު ކަމަށްވާ ރުހުލް ކަބީރު ރިޒްވީ ވިދާޅުވި ކަމަށެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރު ހިންގާ ޕާޓީން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއިންތިޚާބު ވެސް ބޮޑުތަނުން ނަގާނީ ސަރުކާރު ހިންގާ ޕާޓީން ކަމަށް ޕޯލްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު