މައުމޫނުގެ ވާހަކަފުޅަށް ޝައިޚް ސަމީރުގެ ރައްދު..!
އިސްމާއިލް ރިޒާ
08 ޖެނުއަރީ 2024 - 14:14
0 comments
އައްޝައިޚް އަޙްމަދު ސަމީރު
އިސްލާމް ދީނުގެ އިލްމުވެރިއެއް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ރާއްޖޭގައި ވަރަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް އަހްމަދު ސަމީރު ރައްދު ޖަވާބެއް ދެއްވައިފި އެވެ. ޝެއިހް ސަމީރު ވިދާޅުވީ ގިސާސްގެ އުގޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއް ކަމަށާއި އެކަމާ މެދު ސުވާލު އުފައްދާ އިންކާރުކުރާ މީހާގެ ބުއްދި ހަމަޖެހޭ ކަމާމެދުވެސް ޝައްކު ކަމަށެވެ."ގިސޯސްގެ އުގޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާން ކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ މުހާތަބު ކުރައްވާފައިވުމުން، އެ ހުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެދެއެވެ. އެއި ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫނެވެ." ސަމީރު އެކްސްގައި ޒުވާބު ދެއްވައި ލިޔުއްވެވި ވެއެވެ.
އޭނަ މި ގޮތަށް ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދިލް ގައްޔޫމް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، މަރުގެ އަބަދު ރާއްޖޭގައި ދިނުމަކީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ފުރަތަމަ ވިދާޅުވެ އެކަމަށް ތައްޔާރީތައްވީ މައޫމޫނުގެ ކޮއްކޯފުޅު ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު