ކޮލަމް
އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ!
އިހު ދިވެހިންގެ ދިރިއުޅުން ފެންނަ ފޮޓޯއެއް - ފޮޓޯ: އެކްސް
އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! ފަހަކަށް އައިސް ހިނގާދިޔަ ކަންކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ޤައުމު އެއްބައިވަންތަވެ، އެއްބައިވަންތަކަމުގެ އިޙްސާސް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަޒީރަކު ނުވަތަ އެފެންވަރު މީހެއްގެ ކިބައިން ފެނިގެންނުވާފަދަ ކަމެއް ފެނިއްޖެހިނދު އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެމަޤާމަށް އެހެން މީހަކު ރިޕްލޭސް ކުރާނެއެވެ. ހަރުދަނާ ސިޔާސީ ލީޑަރުން އިސްކުރައްވަނީ ޤައުމެވެ. ޤައުމުގެ ރައްޔިތުންނެވެ.

އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! ސަރުކާރުގެ އޮފިޝަލަކު އާންމުކުރި ވީޑިއޯއަކުން ނޭދެވޭ ޝުއޫރުތަކެއް އުފެދިއްޖެ އެވެ. ނަމަވެސް ބައިބައިވުމުގެ ރިއެކްޝަންތަކުން މައްޗަށް ތެދުވެ، އަޅުގަނޑުމެން އެއްބައިވަންތަކުރާ ކަންތައްތަކަށް ފޯކަސް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދަތި އުނދަގޫ ވަގުތުތަކުގައި، އަޅުގަނޑުމެންގެ ޖަމާޢަތުގެ ހަކަތަ، ވަރުގަދަ، އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމާ ދިމާއަށް ގެންދިއުމަކީ، އިތުރަށް މުހިންމު ކަމެކެވެ. ރައީސް މުއިއްޒު، އަޅުގަނޑުމެންގެ ޕްރޯ މޯލްޑިވްސްއަށް ސާބިތުކަމާއެކު ވަޢުދުވެވަޑައިގެން، އެންމެ ފުރަތަމަ އިސްކަމެއް ދެއްވަނީ ޤައުމާއި ރައްޔިތުންގެ ހެޔޮ ދުޅަހެޔޮކަމަށް ކަމުގައި ރައްޔިތުންނަށް ޔަޤީންކަން ދެއްވަ އެވެ. ހުޝިޔާރުކަމާއި ސާބިތުކަމާއި އެކު އެވެ.

އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! ބައިބައިވުމަށް ބޯ-ގުދުނުކޮށް، މި ވަގުތުކޮޅުގެ ބޭނުން ހިފައިގެން، އަޅުގަނޑުމެންގެ ލޮބުވެތި "ދިވެހީންގެރާއްޖެ" އަށް ކުރިއެރުމާއި ތަނަވަސްކަމަށް އަޅުގަނޑުމެން ވަޢުދުވާކަން އަލުން ކަށަވަރުކޮށްލަމާ ހިނގާށެވެ. ވިސްނުންތެރިކަން އުފެއްދުމާއި، ބިނާކުރަނިވި މަޝްވަރާތަކުގައި ބައިވެރިވުމާއި، ސަރުކާރުގެ ހެޔޮ އިސްނެގުމެއް ކުރިއެރުވުމުން، އަޅުގަނޑުމެންގެ ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ. އެކުއެކީގައި ބަދަހި ކަމާއި ސާބިތުކަމާއިއެކު އެވެ. ތާރީޚުން އެނގެން އޮތް ގޮތުން ދިވެހީން ހޮޅިން، އިނގިރޭސީން، ޕޯޖުގީޒުން އަދި ކިއެއްތަ ވޯރާ ވިޔަފާރިވެރިން ފައްސާލި ހެއްނެވެ. ބައިބައި ނުކުރެވޭނެ "ޝިއާރު" ތަކުންނެވެ. 

އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! އެއްބައިވަންތަކަމުގެ ރޫހުގައި، އަޅުގަނޑުމެން އެއްރައްޔިތެއްގެ ގޮތުގައި، އެއް ޤައުމެއްގެ ގޮތުގައި ޕްރޯ މޯލްޑިވްސްގެ ފަޚުރުވެރި ރައްޔިތުންގެ ގޮތުގައި ބަނދެވިފައިވާ އެއް ލަނޑުދަނޑިތަކަށް އަލިއަޅުވާލަމާ ހިނގާށެވެ. އަޅުގަނޑުމެންނަށް އެކުގައި ގޮންޖެހުންތަކުން އަރައިގަނެ، އަޅުގަނޑުމެންގެ ތަފާތުކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ޤައުމުގެ ހަޤީޤީ ޖާދޫ ދައްކުވައިދޭ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރެވޭނީ މިހާރު މިކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައި އެއްބައިވަންތަކަން އާލާކޮށްގެންނެވެ.

އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! އެއްބަހެވެ. އަޑުއުފުލަން އެބަ ޖެހެ އެވެ. ޚިޔާލުވެސް ފާޅުކުރަން އެބަޖެހެ އެވެ. ދިވެހިގައުމަށް ބޭއިންސާފުވާތަން ފެންނަހިނދު ، އެކަމަށް ތެދުވާން ވެސް އެބަ ޖެހެ އެވެ. އޭ ރައްޔިތުންނޭވެ! އަޑުއަހާ ކިޔަމަންވޭ! ދަންނާށެވެ. ގައުމީކަމެއްގައި ތެދުވާން ވާނީ ބަދަހިވެ ގައުމާއި ރައްޔިތުންގެ ހައްޤުގައި "ޖ-ހ-ދ" ވުމަށެވެ. 

އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! ގެއްލޭ އެއްޗެތީގެ ތެރެއިން ބައެއް އެއްޗެތި އަނބުރާ ލިބޭއިރު އަނެއްބައި އެއްޗެތި އެއްގޮތަކަށްވެސް ނުލިބެ އެވެ. "ސިޔާސީ" ނެޓްވޯކްތަކުން ގައުމުގެ މުހިންމު އިދާރާތަކުގެ މައްޗަށް ބާރުފޯރުވޭ ހިސާބަށް ކަންކަން ދޫކޮށްނުލާ ލިބުނު މިނިވަންކަން ދަމަހައްޓަމާއި ހިންގަވާށެވެ. 

އޭ ރައްޔިތުންނޭވެ! އަޑުއަހާށެވެ! ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނަން އެބަޖެހެ އެވެ. ލިބުނު މިނިވަންކަން ދަމެހެއްޓުމަށެވެ. އހ

ކިޔުންތެރިންގެ ޝުއޫރު
25%
50%
0%
25%
7 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު