ޚަބަރު
އެމްޓީސީސީގެ ކަށަވަރު ޕްރޮމޯގެ ނަސީބުވެރިޔާ ހޮވައިފި
އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2023 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީއިން ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ 2023" ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މިއަދު އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި އޮތް އެ ރަސްމިއްޔާތުގައި ގުރުއަތު ނެގީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި ޕްރޮމޯގެ ދަށުން ދެނީ 175 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު މުދާ ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމްޓީސީސީގެ ޓީމުތަކުން ވަނީ މި ޕްރޮމޯގެ މުއްދަތުގައި ޒިޔާރަތްކޮށް ކަސްޓަމަރުންނަށް ހިދުމަތް ދީފައިކަންވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓު ޑިސްކައުންޓު ދެވުނު ޕްރޮޑަކްޓު ތަކުގެ ތެރޭގައި ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްޓޮކް ބޭޑާ ފައިބަރު ސާމާނު، މާރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ހިމެނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު