ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނެޝަނަލް ބިލްޑް އެކްސްޕޯގެ 3ވަނަ އެޑިޝަން ފަށައިފި
އަލީ ރާޒީ
12 ޖެނުއަރީ 2024 - 18:53
0
comments
Tweet
Telegram
އިމާރާތް ކުރުމަށް ބޭނުންވާ ސަމާނާނުތަކާއި ހިދުމަތްތައް އެއް ތަނަކުން ދައްކާލާ މި އަހަރުގެ ނެޝަނަލް ބިލްޑް އެކްސްޕޯ ހުޅުމާލޭގައި ފަށައިފި އެވެ.
މިއީ ކޮންސްޓްރަކްޝަނާއި، އުމްރާނީ ތަރައްގީ އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
"ނޭޝަނަލް ބިލްޑް އެކްސްޕޯ" ކުރިއަށް ދާނީ މިމަހުގެ 11 އިން 14 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ ކުރިއަށްދާނީ މިދުވަސްތަކުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މިއީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްދާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގެ އަމާޒަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބަކަށްވުމާއި، އެކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ މެޝިނަރީ އަދި ކޮންސްޓްރަކްޝަންއާ ގުޅުންހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 އަށް 8،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރާނެކަމަށް މި އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެ އެވެ.
ބިލްޑް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވައިރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، އެންމެ ކުދި ފަންތީގެ މަޝްރޫއުތަކުން ފެށިގެން އެއަރޕޯޓު ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަށް އިމާރާތްކުރުމުގެ ސިނާޢަތަކީ މުހިންމު ސިނާއަތެއް ކަމަށެވެ.
މިނިސްޓަރު ތޯރިގު
ވިދާޅުވީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި 15 ރިސޯޓް ޕްރޮޕަޓީސް އިތުރުވެ ހަމަ އެ މުއްދަތުގެ ތެރޭގައި 323 ގެސްޓް ހައުސްގެ އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.
މިނިސްޓަރު ތޯރިގު
ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސް އިން އަންދާޒާކުރާގޮތުގައި ކުރިއަށްއޮތް 3 އަހަރަށް، އިމާރާތްކުރުމުގެ ސިނާއަތް %7.7 ގެ ކުރިއެރުމެއް ކޮންމެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މިނިސްޓަރު ތޯރިގު
މި އެކްސްޕޯއާއެކު ތިމާވެއްޓަށް ގެއްލުންވާ ގޮތް ކުޑަކޮށް އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތްތައް ދެނެގަނެ، އިމާރާތްކުރުމުގެ މަސައްކަތްކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް އެ ސިނާއަތާއި، މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓްރީ އާ ގުޅިގެން މަސައްކަތްކުރާނެކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ހިމާޔަތް ކޮށްފައިިވާ ސަރަހައްދުތަކުން ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތް ހަދައިފި
2 މަސް ކުރިން
0
އީއައިއޭއާ ހިލާފަށް ހިންނަވަރު މަގު ހެދުމުން ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކޮށްފި
2 މަސް ކުރިން
0
ބޭނުން ނުކޮށް މާލެ މަގުމަތީ ހުރި 281 އުޅަނދު ނައްތާލައިފި
4 މަސް ކުރިން
0
ކަނޑުން ގެއްލުނު ބައި ހޯދައި ދޭނެ: މިނިސްޓަރު ތޯރިގު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
9 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
9 ގަޑިއިރު ކުރިން
0
ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
10 ގަޑިއިރު ކުރިން
0
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި
10 ގަޑިއިރު ކުރިން
0