ޚަބަރު
ސީރިއާގައި ތިބި 21 ދިވެއްސަކު ރާއްޖެ ގެނެސްފި
ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ދިވެހި 5 އާއިލާއެއްގެ މެމްބަރުން ރާއްޖެ ގެނެސްފި އެވެ. އެ މީހުން ރާއްޖެ ގެނެސްފައިވަނީ ތުރުކީ މަގުން، ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގަ އެވެ.

ސީރިއާގައި ތިބި ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން މީގެ ގިނަ އަހަރުތަކެއް ކުރި ރާއްޖެ ދޫކޮށް ގޮސް ތިބި އާއިލާތަކުގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން އަނބުރާ އަންނަން އެދިފައިވާ ކަމަށެވެ. އެ އާއިލާތައް ތިބީ ސީރިއާއާއި ތުރުކީއާ ގުޅޭ ބޯޑަރު ކައިރީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އެ އާއިލާތަކުން އަނބުރާ ގައުމަށް އަންނަން ބޭނުންވުމުން އެ މީހުންނަކީ ދިވެހީންކަން ކަށަވަރުކުރަން ޑީއެންއޭ ޓެސްޓު ހަދާފައިވާ ކަމަށެވެ.

މިއަދު ގެނެވުނު މީހުންނަކީ ދިވެހީންކަން 100 އިންސައްތަ ކަށަވަރުކުރެވިފައި ތިބި މީހުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ ސޫރިޔާ-ތުރުކީ ބޯޑަރުގައި ހާލުގައި ޖެހިފައި ތިއްބާ މިއަދު ރާއްޖެ ގެނެސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި، 5 އަންހެނުންނާއި ފިރިހެނެއްކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނައުމަށްފަހު ބަހައްޓާފައި ވަނީ ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ކ. ހިންމަފުށީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު، އެންއާރުސީގައިކަމަށެވެ. 

ރާއްޖެ ގެނައި 21 މީހުންގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު، އެ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒަށް މިއަދުގެ ވަގުތެއްގައި ގެންދާނެ އެވެ. އެމީހުން މުޖުތަމައަށް ދޫކުރާނީ އެ ސެންޓަރުގައި ރިހެބިލިޓޭޓް ކުރުމަށް ފަހުގަ އެވެ.

ސޫރިޔާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

ސީރިޔާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފުރަތަމަ ކުރަން ފެށީ ނިމިދިޔަ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު