ޚަބަރު
ތިނަދޫ-ކާޑެއްދޫ ބްރިޖުގެ ސާވޭ ހަދާނެ ބަޔަކު ހޯދަނީ
ގދ. ތިނަދޫ އާއި އެ އަތޮޅު ކާޑެއްދޫ ބްރިޖަކުން ގުޅުވާލާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަންއިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަސައްކަތްތަކުގެ ތެރޭގައި ތިނަދޫ – ކާޑެއްދޫ ލިންކް ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ބޭނުންވާ ކޮމްޕްރިހެންސިވް ފީސިބިލިޓީ (ރެކޮނައިސަންސް ސަރވޭ އަދި ކޮމްޕްރިހެންސިވް ޑެސްކް ރިވިއު) ސްޓަޑީ އެ މިނިސްޓްރީ އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.

މިނިސްޓްރީން ބުނީ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްކުން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވާން ޖެހޭނެ ކަމަށެވެ. އަދި މަސަައްކަތް ކުރަން ގެންގުޅޭ ކޮންސަލްޓަންޓުންނަކީ މަސައްކަތުގައި ބައިވެރިވޭނެ ފަރާތްތަކެއްތޯ މިނިސްޓްރީން ބަލާނެ އެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީ، އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުމެވެ.

އައްޑޫ ސިޓީ އާއި ގދ.ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއު އަށް ޗައިނާގެ އިންވެސްޓަރުން ހޯދުމަށް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު