ޚަބަރު
ހައުސިންގ ކޮމިޓީއަށް މެމްބަރުން އައްޔަންކޮށްފި
ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބުނީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސުކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އެ ދެ ސުކީމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ބޭނުންވާ ލަފާ ދޭނެ ކޮމެޓީއެއް ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާއެއްގޮތަށް އުފައްދާފައިވާ ކަމަށެވެ.

ހައުސިން ކޮމިޓީގެ މެންބަރުން:

1- ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، މ. ލޮނުވެލި
2- އާމިނަތު އީނާސް، ހ. ހަބަރުގެ
3- އަހުމަދު އަލި މަނިކު، ގ. ވިޔަވަތި
4- އަބްދުލްއަޒީޒް ޔޫސުފް، މ. ދޫނިހުރާ
5- މަރިޔަމް ފިޒާނާ ރަޝީދު، މ. ޒޭވަރު

ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަނީސާ އަހުމަދެވެ. އަދި ވައިސް ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަބްދުލްއަޒީޒް ޔޫސުފެވެ. 

މި ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު