ޚަބަރު
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން, އިސްތިއުފާ ދެއްވައިފި
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން, ފަތުހުﷲ ޖަމީލު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓާ ޖެނެރަލް އޮޑިޓް އެންޑް އެންޑް އިންވެސްޓިގޭޝަންގެ މަގާމާއި ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމު އަދާކުރައްވައިފަ އެވެ. ދިރާގުގެ އެ މަގާމަށް އޭނާ ވަޑައިގެންނެވީ މީރާގައި ފަސް އަހަރު މަސައްކަތް ކުރެއްވުމަށް ފަހުގަ އެވެ.  

ފަތުހުﷲ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް -- ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށެވެ.

ފަތުހުﷲ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު