ޚަބަރު
ތެލަސީމިއާއަށް ހޭލުންތެރި ކުރަން ގައުމީ ކެމްޕޭނެއް ފަށައިފި
ތެލަސީމިއާ ބައްޔާ ދެކޮޅަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކެމްޕޭނެއް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކަން އިފުތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ، އެ ކެމްޕެއިން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ އެއީ ރާއްޖެ އަށް ވަރަށް ފައިދާ ހުރި، މަންފާކުރާ ނަތީޖާއަކަށް ވާނެ ކަމަށެވެ.

ތެލެސީމިއާ އަށް ހާއްސަ ކޮށްގެން ވަކި މަރުކަޒެއް ހަދައި، ފަރުވާ މިހާރަށް ވުރެ އުސް ހަރުފަތަކަށް ގެންދިއުމަށް ހޮސްޕިޓަލެއް އަޅަން ނިންމީ އެހެންވެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީއިން ބުނީ މި ކެމްޕެއިންގެ މަގުސަދަކީ ތެލަސީމިއާ ގުޅިގެން އުފަންވާ ލޭއަޅާކުދިންގެ ނިސްބަތް މަދުކުރުން ކަމަށެވެ.

އެގޮތުން ތެލަސީމިއާގެ ސަބަބުން އުފަންވާ ލޭއަޅާ ކުދިންގެ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 ޕަސެންޓަށް ދަށް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު